07 Jan 2020 | 00:00
ޖަލުތައް ހިންގުމުގައި ސަރުކާރު ފެއިލްވެއްޖެ، ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވާ: އިދިކޮޅު

ޖަލުތަކުގެ ކަންކަން ހަރުދަނާކޮށް، ހިންގުމުގައި މިސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ، ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އިސްތިއުފާދެއްވުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އިމްރާންގެ އިސްތިއުފާއަށް ގޮވާލާފައި ވަނީ، މާފުށީ ޖަލުގެ ރިމާންޑުގައި ތިބި ބަޔަކާ ޖަލު އޮފިސަރުންނާ ދެމެދު މިދިޔަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުންތަކެއްގައި ބާރުގެ ބޭނުން ކުރި ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެކަމަކު ކަރެކްޝަންސް އިން ބުނެފައި ވަނީ އޮފިސަރުންނާއި ގައިދީންނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ނުހިނގާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް، އިއްޔެ ފުލުހުންތަކެއް ގޮވައިގެން މާފުށީ ޖަލަށް ވަޑައިގެން ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖަހައި، ޖަލުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަކީ އެޕާޓީތަކުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

އަދި އެއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި، މިންގަނޑުތަކާއިވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެވެސް އަސާސީ ހައްގުތަކެއް ވާކަމަށާއި އެމީހުންނަށް ބޭސްފަރުވާ ކުރުން ފަދަ ކަންކަން ހަމަޖައްސައިދިނުމަކީ ކަރެކްޝަނުގެ ޒިންމާއެއް ކަމަށް އެބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ކަންކަން އިސްލާހު ނުވެ މިފަދަ ކަންކަން އިތުރަށް ތަކުރާރު ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

''މި ސަރުކާރުގެ ކިބައިގައި ކަންކަން އިސްލާހު ކުރުމުގެ ގާބިލުކަން ނެތްކަމާއި ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމުގައްޔާއި ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާކަން ވަރަށް ސާފު. އެހެންކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް މި ކޯލިޝަނުން ގޮވާލަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ޖަލުގައި ހިންގަމުންދާ ކަންކަން ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ފުރަތަމަ މެޗުންވެސް، ރޮނާލްޑޯގެ ސަޕޯޓަރުންނަށް މާޔޫސްކަން
މިމެޗްގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ޕޯޗުގަލް އަށްވެސް އެޓީމްގެ އަސްލު ކުޅުން ނުދެއްކުނެވެ
17 Jun 2026
ކަނޑުއަޑީގެ ހޮހަޅައިގައި ބަޔަކު މަރުވި ހާދިސާ: ރައީސް، ސިފައިންނާ ފުލުހުންގެ އަގު ވަޒަންކުރައްވައިފި
ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފި އެވެ.
17 Jun 2026
ރާއްޖެއެކޭ އެއްގޮތަށް ލަންކާއަށްވެސް މިދުވަސްވަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެއްޖެ
އަވައްޓެރި ސްރީލަންކާއަށް މިހިނގާ ޖޫންމަހުގެ އެކަކުން 14 ވަނަ ދުވަހުގެ ނިޔަލަށް 54،465 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 55،353 ގައެވެ.
17 Jun 2026
ރ. އަތޮޅުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް
މި ޖޫން މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރާނެއެވެ. އެއީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.
17 Jun 2026
ގުނަވަން ބަދަލުކުރާ ބިލް އަނބުރާ ފޮނުވާލި ސަބަބު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، ގުނަވަން ނުދެވޭ މީހުންގެ ތެރެއިން ބަންދުމީހުންނާއި، ގައިދީން އުނި ކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Jun 2026
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު މަޑުޖެހުނު ނަމަވެސް، އަންނަ 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
17 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ.
17 Jun 2026
އިއާދަކުރަނިވި ހަކަތައިގެ އިސްލާހީ މަސައްކަތްތަކުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވާނެ
ސަބްސިޑީގެ ނިޒާމާ ގުޅޭގޮތުން އައި.އެމް.އެފް އިން ލަފާދީފައިވަނީ، މިހާރު ހުރި ނިޒާމުތައް މުރާޖައާކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ނާޒުކު އާއިލާތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމަށެވެ. އަދި މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅާއިރު، އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.