07 Jan 2020 | 12:34
އިރާގުން ފައިބާނެކަމަށް ބުނެ ސިޓީ ފޮނުވުނީ އޮޅިގެންކަމަށް ބުނެފި

އައިއެސް ޖަމާއަތާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އިރާގުގައި ހަރަކާތްތެރިވާ ފައުޖު އެގައުމުން ފައިބާނެކަމަށް ބުނެ ސިޓީއެއް ފޮނުވުނީ "އޮޅުމަކުންކަމަށް" އެެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ރޮއިޓާސްއިން ރޭ ރާއްޖެ ގަޑިން ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކުރި ގޮތުގައި ކޮމްބައިންޑް ޖޮއިންޓް ޓާސްކްފޯސް (ސީޖޭޓީއެފް)އިން ވަނީ މިކަން ރަސްމީކޮށް ނިންމައި، އެކަން ވަނީ އިރާގުގެ ދިފާއީ ވުޒާރާއަށާއި ބޮޑުވަޒީރަށް އަންގާފައެވެ.

ސީޖޭޓީއެފްގެ ކޮމާންޑިންގ ޖެނެރަލް އަދި ޔޫއެސް މެރިން ކޯޕްސްގެ ވިލިއަމް.އެޗް.ސީލީ ސޮއިކޮށް އެ ދެ ފަރާތަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިރާގުގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމަށް އިހުތިރާމްކުރުމުގެ ގޮތުންނާއި އެގައުމުގެ ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ އެދުމުގެ މަތިން ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައި އެ ސިފައިން އެގައުމުން ފޭބުމުގެ މަސައްކަތް ކުރަމުންދާާނެކަމަށެވެ.

އެބޭފުޅާ ވަނީ އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން އެގައުމުން ފޭބުމަށް އެންގި އެންގުމަށް އިހުތިރާމްކުރައްވާ ކަަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް ފަހުން މި ސިޓީއާއި ގުޅިގެން ޕެންޓަގަންގެ ޖޮއިންޓް ޗީފްސް ޗެއަރމަން މާރކް މިލީ ވިދާޅުވީ އެއީ ހަގީގަތުވެސް އޮޅިގެން ފޮނުވުނު، އަދި ސޮއިނުކޮށް ޑްރާފްޓްގައި އޮތް ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީ ލިޔެވިފައިވަނީ މިވަގުުތު އިރާާގްގެ އެކި ސަރަހައްދުތަކަށް އެ ފައުޖުގެ މެންބަރުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެެވެ.

އެމެރިކާއިން މިހާތަނަށް އެގައުމުގެ ސިފައިން އިރާގުން ބޭލުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.