ގާޑިއޯލާއަށް ރާއްޖެއަށް އައުމުގެ ދައުވަތުދީފި

09 Jan 2020 | 13:00

އިނގިރޭސި ޕްރީމިއަރ ލީގުގައި ވާދަކުރާ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ ދައުވަތުދީފިއެވެ.

ސްޕެއިނަށް ނިސްބަތްވާ މި މަޝްހޫރު ކޯޗަށް ރާއްޖެއަށް އައުމުގެ ދައުވަތު ދީފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭނުންކުރާ ވިޒިޓް މޯލްޑިވްސް ރަސްމީ ޓްވިޓަރ އެކައުންޓުންނެވެ.

ގާޑިއޯލާ ވަނީ ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމަށްވުރެ، ދިވެހިރާއްެޖެއަށް ދިއުން މާ ރަނގަޅުކަމަށް ބުނެފައެވެ. އަދި ސިޓީއަށް ފަހު އޮފާއެއް ނެތިއްޖެ ނަމަ އޭނާ އަންނާނީ ރާއްޖެއަށްކަމަށާއި ނަމަވެސް އެގައުމުގައި ގޮލްފް ކޯސްއެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސްއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގާޑިއޯލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އެދޭ ވާހަކަ އެހީ އުފަލާއި އެކުގައި ކަމަށާއި، ރާއްޖޭގައި ހުރި ގޮލްފް ކޯސްއެއްގައި ގޮލްފް ކުޅުމަށް ދައުވަތުދޭ ކަމަށެވެ.

ރާއްޖޭގެ ބައެއް މަތީ ފެންވަރުގެ ރިސޯޓްތައް ތަރައްގީކޮށްފައިވަނީ ގޮލްފް ކޯސްތަކާއި އެކުގައެެވެ. ގާޑިއޯލާ ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

Advertisement

ކޮމެންޓް