ޕާކިންގ ލޮޓްތަކާއި މެދު އިނގިރޭސި ސަފީރުގެ ޚިޔާލު ތަފާތު!

09 Jan 2020 | 23:47

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކޮށްފައިވާ ޕާކިންގ ލޮޓްތަކާއި މެދު އިނގިރޭސިވިލާތުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ތަފާތު ޚިޔާލެއް ފާޅުކުރައްވައިފިއެވެ.

ތިމާާވެށީގެ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކެރޮން ރޮސްލާ ވަނީ ޕާކިންގ ލޮޓްތައް އިތުރަށް ހެއްދެވުމާއި ދެކޮޅުކަމަށް ދޭހަވާާ މޭރުމަކުން ޓްވީޓްކުރައްވާފައެވެ.

ސިޓީ ކައުންސިލްގެ ޓްވީޓަކަށް ރައްދުދެއްވަމުން އެކަމަނާ ވިދާޅުވީ ވައިގެ ސާފުކަން އިތުރުކޮށް، ކާބަން ބޭރުވާ މިންވަރު ދަށްކުރުމަށާއި މާލެއަކީ މަސައްކަތް ކުރުމަށާއި ދިރިއުޅުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް އިތުރު ޕާާކިންގ ލޮޓްތަކުން ކާާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ސަފީރު ކެރޮން އިތުރަށް ވަނީ އެކަމަނާއަކީ ކާބަން ބޭރުވާފަދަ އެއްވެސް އުޅަނދެއް ނުގެންގުޅުއްވާ، ލޯ ކާބަން ޑިޕްލޮމެޓެއްކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް