ޑްރައިވަރަށް ހަމަލާާ ދިނުމުގެ ސަބަބުން ބަހެއް ވެއްޓިއްޖެ

03 Nov 2018 | 12:46

ޗައިނާގެ ޗޮންކިންގް އަވަށުގައި ބަހުގެ ފަސިންޖަރަކު، ބަހުގެ ޑްރައިވަރަށް ހަމަލާދިނުމުގެ ސަބަބުން އެބަސް ކޯރަށް ވެއްޓި، ބަހުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ސީއެންއެންއިން ރިޕޯޓްކުރާާ ގޮތުގައި މި ބަސް ވެއްޓުނު ހާާދިސާ ފުލުހުން ތަހުގީގުކުރުމުން އެނގިފައިވާ ގޮތުގައި، އެ ފަސިންޖަރު ޑްރައިވަރަށް ހަމަލާާ ދީފައިވަނީ އޭނާ ހުއްޓަން އެދުނު ތަނަށް ނުހުއްޓައިގެންނެވެ. ބަސް ދުއްވަމުން، އެ އަންހެން މީހާގެ ހަމަލާތަކަށް ރެކެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ބަސް ދުއްވަމުންދިޔަ ބްރިޖުން ވެއްޓުންކަމަށް ޗައިނާާގެ ފުލުހުން ވަނީ ބުނެފައެވެ.

މި ބަސް މިހާރު އޮތީ ޔަންގްޓްޒޭ ކޯރުގެ 70 މީޓަރ އަޑީގައެވެ. މި ބަސް ނަގައި، ބަހުގެ ފަސިންޖަރުން ހޯދުމުގެ މަސައްކަތް ޗައިނާގެ ކަމާއި ބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ޗައިނާާގެ އިދާރާތަކުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބަހުގެ ޑްރައިވަރު، ސަލާމަތީ ކަންކަމާާއި ގަވާއިދަށް އެކަށީގެންވާ ސަމާލުކަން ނުދިނުމުގެ ސަބަބުންނާއި، ޑްރައިވަރަށް އަންހެން ފަސިންޖަރު ހަމަލާ ދިނުމުގެ ސަބަބުންނެވެ.

Advertisement

ކޮމެންޓް