ރިޔާޒްވެސް އެންމެފަހުން އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި؟

12 Jan 2020 | 15:03

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެބޭފުޅާގެ އައިޑީކާޑު ނަންބަރު އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް ޗެކްކުރުމުން، މެންބަރުންގެ ގޮތުގައި އޮތުމުންނެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރ އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންދަނީ ޖޭޕީގެ މެންބަރެއްގެ ގޮތުގައެވެ.

ރިޔާޒްގެ އިތުރުން އިިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް މެންބަރުންވެސް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އޮތް މައްސަަަލަ ވަނީ ހޫނުވެފައެވެ. މިކަމާއި ގުޅިގެން އެޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާތަކަށް ހައްލެއް ލިބިފައިނުވާކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ އެމްޑީޕީއަށް ލިބޭ ކޮންމެ މެންބަރޝިޕް ފޯމެއް ވެރިފައި ކުރުމަކީ އުނދަގޫ ކަމެއްކަމަށާއި ނަމަވެސް ކޮންމެ ފޯމެއްވެސް ބަަލައިގަންނަނީ އައިޑީކާޑު ކޮޕީއާއި، އިނގިލީގެ ނިޝާނާއި، ސޮއެއް އިނުމުން ކަމަށެވެ. އަދި އަބަދުވެސް ލިބެމުންދާާ މެންބަރޝިޕްގެ މައްސަލަތައް ބަލައި، މެންބަރުން ވަކިކުރަންޖެހޭނަމަ އެކަން ކުރާކަމަށް އަފްޝަން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement