އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފި

14 Jan 2020 | 13:04

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

އެޕާޓީގެ ވެބްސަައިޓްގައި މި ލިސްޓް އާންމުކޮށްފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ސިޓީ ކައުންސިލް، އަތޮޅު އަދި ރަށު ކައުންސިލް ކެޓަގަރީއަށެވެ.

އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން 1،364 ފޯމް ބަލައިގަނެފައިވާ ކަމަށެވެ.

އެޕާޓީން މީގެ ކުރިން އާންމުކުރި ޓައިމްލައިންއަށް ބަލާލާއިރު، ދެން އޮންނާނީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރުމެވެ.

މި ޕްރައިމަރީގައި ވޯޓުލެވޭނީ މި އަހަރު ނިމޭއިރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށެވެ

އެމްޑީޕީގެ ޕްރައިމަރީތަކަކީ ވާދަވެރި އަދި ގިނަބަޔަކު އެކަމެއް ގާތުން ބަލާ ކަަމަކަށްވުމުން ވޮއިސްއިން ވަނީ މި އިންތިޚާބުގެ ޚަބަރުތައް ގެނެސްދިނުމަށް ނިންމާފައެވެ. މިގޮތުން ވޯޓުލާ ދުވަހުގެ ކަވަރޭޖްގެ އިތުރުން ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ވޮއިސް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން ވޮއިސް މެދުވެރިކޮށް ޚަބަރުތައް ގެނެސްދޭން ބޭނުންވާނަަމަ ވޮއިސްގެ ހޮޓްލައިން 9956888 އަށް ގުޅައިގެން ނުވަތަ މި ނޫހުގެ އީމެއިލްކަމުގައިވާ [email protected] އަށް މެއިލްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ވޮއިސްގެ ޓީމުން ވަނީ އެމްޑީޕީގެ ޕްރައިމަރީގެ އިތުރުންވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރާާ އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނާއި އަމިއްލަ ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ގެނެސްދިނުމަށް ނިންމާފައެވެ.

Advertisement

ކޮމެންޓް