ޖިންސީ ގޯނާގެ މައްސަލަ ބޮޑުވެފައިވަނީ ޒަމާނުއްސުރެ އެކަމާއި މެދު އަޅާނުލާ އޮތުމުން: ރައީސް ޞާލިހު

23 Jan 2020 | 10:03

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިހާވަރަށް ބޮޑުވެފައިވަނީ ޒަމާނުއްސުރެ އެކަމާއި މެދު އަޅާނުލާ އޮތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ކ.ގުރައިދޫގެ އެމްޑީީޕީގެ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަކުދިން ރައްކާތެރިކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލް ވެއްޖެ ނަމަ އެކަމާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާނެކަމަށެވެ.

"އަދި ޒިންމާދާރު ކުރުވުމަށްޓަކައިވެސް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ފަސްނުޖެހި ކުރާނަން"، ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ މައްސަލަތައް ބަލައި އެކަންކަން ހިނގަން މެދުވެރިވާ ސަބަބުތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ އިރާދަކުރެއްވިއްޔާ މިދައުރުގެ ތެރޭގައި، މިކަންތައްތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް