24 Jan 2020 | 15:41
މަދީހާގެ ކެނޑިޑެސީ ބާތިލްކުރުމަށް އެމްޑީޕީން ނިންމައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީީޕީގެ ޕްރައިމަރީގައި ގއ.ކަނޑުހުޅުދޫ ދާއިރާގެ ޓިކެޓަށް ވާދަކުރާ މަދީހާ އަބްދުﷲ ގެ ކެނޑިޑެސީ ބާތިލްކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.

މަދީހާއަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުުދޭން ނިންމީ، އޭނާއާއި ބެހޭގޮތުން ހުށައެޅުނު ގިނަ އަދަދެއްގެ ޝަކުވާތައް ބެލުމަށްފަހު އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީންނެވެ. 

މަދީހާއާއި މެދު ގިނަބަޔަކު ޝަކުވާކުރި މައްސަލައަކީ ދާދިފަހުން ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕްކުރި ހާދިސާއާއި ގުޅިގެން، އެ މައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތްތަކުގެ ދިފާއުގައި މީޑިޔާގައި ވާހަކަދެއްކުމެވެ.

އެގޮތުން ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ސަންއަށް މައުލޫމާތުދެމުން މަދީހާ ވަނީ ކުއްޖާ ރޭޕްނުކުރާފަދަ މޭރުމަކުން ވާހަކަދައްކައި، އެއީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާގެ ރޭވުމެއްކަމަށް ބުނެފައެވެ.

"ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،" މަދީހާ ބުންޏެވެ. މީގެ އިތުރުން އޭނާ ވަނީ ކުއްޖާގެ މައުލޫމާތު މީޑިޔާއަށް ދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ކުރަންޖެހޭނެކަމަށް ބުނެފައެވެ.

މިއާއި އެކު ގިނަ ފަރާތްތަކުން ވަނީ މަދީހާގެ ކެނޑިޑެސީ ބާތިލްކޮށް، އޭނާއަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ކިޔެވުންތައް ނިންމާލައިފި
ބޮޑެތި ބަދަލުތަކާ އެކު ކުރިއަށް ގެންދިޔަ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރުގައި 138 ދަރިވަރުން ކިޔެވި އިރު، ތިން ބައިގެ އެއް ވަނައަށް ރައީސްގެ ޚާއްޞަ އިނާމާއި ސްކޮލާޝިޕް ދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.