Advertisement

14އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފި

24 Jan 2020 | 22:03

އުމުރުން 14އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ހަތަރު ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުުހުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހިމެނޭ އަންހެންކުއްޖާގެ އުމުރަކީ 17އަހަރުކަމަށް ފުލުހުންނަށް އެންމެ ފުރަތަަމަ ބުނެވިފައިވަނީ އޮޅުމަކުންކަން ފާހަގަކޮށްލެވެއެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި ހިނގައިދިޔަ މި މައްސަލަ ފުލުހުން ދަނީ ސީރިއަސް ގޮތެއްގައި ބަލަމުންނެވެ.

Advertisement

ކޮމެންޓް