28 Jan 2020 | 15:31
ދީބާޖާގެ މައްސަލަ ރިވިއުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް

ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު، އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައިވާގޮތުން އެ މައްސަލަ ރިވިއު ކުރުމަށް ހުށަހެޅީ ދީބާޖާއަށް ބަދަލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އޮފީހަށް އަންގަވާފައިވާތީ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފައި ވެއެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރިއެވެ. ނަމަވެސް ފަހުން ނަމަވެސް ސުޕްރީމްކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލްކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު، ބާތިލުކޮށްފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އެގްރިމެންޓް ބާތިލުކުރުމުން ދީބާޖާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ރައީސް ސޯލިހު ނިންމެވިއެވެ. ނަމަވެސް އެކަން މަޑު ޖައްސާލާފައި ވަނީ، އެ މައްސަލަ އަލުން މުރާޖާ ކުރުމަށް އޭޖީ އަށް ދެންނެވުމަށް 3 ޑިސެމްބަރު 2019 ގައި މަޖިލީހުން ފާސް ކުރުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިވަގުތު މުހިންމުކަމެއް ނޫން
ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާ، މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 Jun 2026
އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ވަގުތުން އުވާލުމަށް ނިންމާފައެވެ.
18 Jun 2026
ކްރޮއޭޝިއާ އަތުން މޮޅުވެ އިނގިރޭސިން ފެންވަރު ދައްކާލައިފި
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު މިމެޗްގައި އިނގިރޭސިންގެ ފަރާތުން ރީތި ފުޓްބޯޅައެއް ފެނިގެންދިޔައިރު، އެޓީމްގެ ހަމަލާތައްވެސް ފެނުނީ ވަރުގަދަކޮށެވެ
18 Jun 2026
ފުރަތަމަ މެޗުންވެސް، ރޮނާލްޑޯގެ ސަޕޯޓަރުންނަށް މާޔޫސްކަން
މިމެޗްގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ޕޯޗުގަލް އަށްވެސް އެޓީމްގެ އަސްލު ކުޅުން ނުދެއްކުނެވެ
17 Jun 2026
ކަނޑުއަޑީގެ ހޮހަޅައިގައި ބަޔަކު މަރުވި ހާދިސާ: ރައީސް، ސިފައިންނާ ފުލުހުންގެ އަގު ވަޒަންކުރައްވައިފި
ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފި އެވެ.
17 Jun 2026
ރާއްޖެއެކޭ އެއްގޮތަށް ލަންކާއަށްވެސް މިދުވަސްވަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެއްޖެ
އަވައްޓެރި ސްރީލަންކާއަށް މިހިނގާ ޖޫންމަހުގެ އެކަކުން 14 ވަނަ ދުވަހުގެ ނިޔަލަށް 54،465 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 55،353 ގައެވެ.
17 Jun 2026
ރ. އަތޮޅުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް
މި ޖޫން މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރާނެއެވެ. އެއީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.
17 Jun 2026
ގުނަވަން ބަދަލުކުރާ ބިލް އަނބުރާ ފޮނުވާލި ސަބަބު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، ގުނަވަން ނުދެވޭ މީހުންގެ ތެރެއިން ބަންދުމީހުންނާއި، ގައިދީން އުނި ކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.