ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮރޯނާ ވައިރަސް އަށް ސްކޭން ކުރެވޭކަށް ނެތް

31 Jan 2020 | 14:13

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް މިހާތަނަށް ފިޔަވަޅު އަޅާފައިނެތުމުން ސަރަހައްދުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ބުނެފައިވަނީ، އެއާޕޯޓުގައި ސްކޭން ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށާއި އިއްޔެ ވަގުތެއްގައި މުވައްޒަފުންނަށް މާސްކް ދީފައިވާކަމަށެވެ.

އޭނާ ބުނީ ހަނިމާދޫ އެއަރޕޯޓަކީ ހަފްތާއަކު އިންޑިއާގެ ޓްރެވެންޑްރަމްއަށް 2 ފްލައިޓް އަދި ކޮޗިންއަށް 3 ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓެއް ކަމަށެވެ.

އިންޑިއާއިން އިއްޔެ ކޮރޯނާ ވައިރަސް ފެނިފައިވަނީ ހަނިމާދޫ މަގުން ދަތުރުކުރާ ޓްރެވެންޑްރަމާއި ކޮޗިން ނިސްބަތްވާ ކެރެލާ ސްޓޭޓުންނެވެ.

އެހެންވެ އެއާޕޯޓުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާތީ މުވައްޒަފުންނާއި އާންމުންގެ ކަންބޮޑުވުންތައް ހުރިކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ ދިވެއްސަކު ރާއްޖެއިން ރޭގެ ވަގުތެއްގައި ފެނުމާއި ގުޅިގެން އޭނާ ވަނީ ކަރަންޓީނުކޮށްފައެވެ. ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ 20 އަހަރުގެ ޒުވާނާ މިހާރު ހުރީ ކ. ފުނަދޫ އައިސޮލޭޝަން ފެސިލިޓީގައެވެ. އޭނާއަކީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވާ މީހެކެވެ.

ކޮރޯނާވައިރަސް، ދުނިޔޭގެ 17 ގައުމަކަށް ފެތުރިފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން މިހާރު ވަނީ ސިއްހީ އެމަޖެންސީ މުޅި ދުނިޔެއަށް އިއުލާންކޮށްފައެވެ.

Advertisement

ކޮމެންޓް