ކޮމަންވެލްތުގެ މެންބަރަކަށް ދިވެހިރާއްޖެ އަލުންވެއްޖެ

01 Feb 2020 | 12:44

ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ އަނެއްކާވެސް ހަމަޖެހިއްޖެއެވެ.

މިކަން ހާާމަކުރައްވާާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޓްވީޓްކުރައްވާާފައެވެ.

ރައީސް ޞާލިހު ވިދާޅުވީ ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެކަމުގެ އުފާވެރި ޚަބަރު އެ ޖަމާއަތުގެ ސެެކެޓްރީ ޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލޭންޑް ދެންމެއަކު ދެއްވައިފިކަމަށެވެ.

"މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއާއިއެކު މިއަހަރުގެ ތެރޭގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ރާާއްޖެއަށް ލިބިގެންދާނެއެވެ. ދިވެހިރާއްޖެ ވެފައިވަނީ ކޮމަންވެލްތުގެ 54ވަނަ މެންބަރު ގައުމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހިިރާއްޖެއިން ކޮމަންވެލްތާއި ވަކިވެފައިވަނީ އެ ޖަމާއަތުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާާކަމަށް ބުނެއެވެ.

Advertisement

ކޮމެންޓް