'ސިންޑްރެއްލާ ބޫޓް' 17 މިލިއަން ޑޮލަރަށް

10 Nov 2018 | 18:12

ޖަވާހިރައި، ސިލްކް، އަދި ރަނުން ޖަރީކުރެވިފައިވާ ބޫޓެއް ދުބާއީގެ ބުރޫޖް އަލަ އަރަބްގައި ދައްކާލައިފިއެވެ.

މި ބޫޓު ހެދި ފަރާތުން ހާމަކުރާ ގޮތުގައި މިއީ ދުނިޔޭގައި އުފައްދާފައިވާ އެންމެ އަގުބޮޑު އަންހެން ބޫޓު ކަމަށާއި އަދި މި ބޫޓުގެ އަގަކީ 17 މިލިއަން ޑޮލަރުކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑަތަކުގެ އަގުބޮޑު ޕްރޮޑަކްޓްތައް ވިކުމުގައި ދަތިކަމެއް ހުރި ކަމުގައިވިއަސް މި ބޫޓު ވިކޭނެ ކަމުގެ ޔަގިންކަން އޮތްކަމަށްވެސް މި ބޫޓު އުފެއްދި ފަރާތުން ބުނެފައިވެއެވެ.

ސިންޑްރެއްލާގެ ބޫޓޫގެ ނަމުން މަޝްހޫރުވެފައިވާ މި ބޫޓުގެ ކޮންމެ ކިބައެއްގައި ތާޖެއް ރަމްޒުކޮށްދޭ ޖަވާހިރެއް ހަރު ކުރެވިފައިވާއިރު 15 ކެރަޓްގެ ޔާގޫތް ބޭނުން ކޮށްފައިވެއެވެ.

ބޫޓު ތައްޔާރު ކުރުމަށް ޖަވާހިރުތައް ސަޕްލައިކޮށްދިން ފަރާތުން މީޑިއާގައި ބުނެފައިވަނީ ދުބާއި އަކީ މިލިނިއަރުންނާއި ބިލިނިއަރުންގެ ސިޓީ ކަމަށެވެ. އެހެންކަމުން މުޅި ގަލްފް ސަރަހައްދަށް ބެލިކަމުގައި ވިއަސް މިފަދަ ބޫޓުތަކަށް މާކެޓް އޮންނާނެކަމަށް ގުބޫލުކުރާ ކަމަށެވެ.

ޔޫރަޕް ސައިޒް 36، އެމެރިކާ ސައިޒް 5.5، އަދި ޔޫކޭ ސައިޒް 3.5 ގައި އުފައްދާ މި ބޫޓު ލިބޭނީ ޖުމްލަ އަގު ދައްކާ ހަލާސް ކުރުމުންނެވެ. 

Advertisement

ކޮމެންޓް