15 Feb 2020 | 06:58
ދައުލަތުގެ ހަރަދު ކުޑަކުރަން ނިކަމެތިން ގުރުބާން ކުރަނީ، އިއްޒަތްތެރި މެންބަރުން އަދިވެސް ބޮޑު މުސާރައިގައި!

ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ކުރާ ހަރަދު ބޮޑުވެއްޖެއެވެ. ލިބޭ އެއްޗަކާއި ނުބައްދަލު ހަރަދުކުރަން ޖެހުމުން ދައުލަތުން ކަންބޮޑުވެ، ހަރަދު ކުޑަކުރަން މިހާރު ސިޔާސަތެއް ކަނޑައަޅައި، ސާކިއުލާއެއް ނެރެފިއެވެ.

މިއަހަރަުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދަކީ 28.3 ބިލިއަން ރުފިޔާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެހެންކަމުން ލިބުނު އަދަދަށްވުރެ އިތުރަށް 5.2 ބިލިއަން ރުފިޔާ މިވަނީ ހަރަދުކުރެވިފައެވެ.

އެކަން ފޫބެއްދުމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސޮއިކުރައްވައި މިދިޔަ އަންގާރަ ދުވަހު ދައުލަތުގެ އިދާރާތަކަށް ފޮނުއްވި، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ސާކިއުލާގައި ވަނީ، މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރުމާއި ދަތުރުތަކުގެ ހަރަދު ކުޑަކުރުން، އޮފީސްތަކުގެ މަރާމާތާއި ބެލެހެއްޓުން، ކެޕިޓަލް ހަރަދު އަދި އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަންގަވައިފަ އެވެ.

ބަޖެޓުން ހަރަދު ކުރާ ގޮތަށް، އާ މަގާމުތައް ނުއުފެއްދުމަށާއި ބަޖެޓްގައި ހިމެނިފައިވީ ނަމަވެސް، މިވަގުތަށް ދޭން ފަށާފައި ނުވާ އާ އެލަވަންސްތައް މުވައްޒަފުންނަށް ނުދީ މަޑުޖައްސާލަން އަންގާ ފައި ވެއެވެ. އަދި ޕޭ ކޮމިޝަނުން ރިވިއުކޮށްގެން އަދި ފިނޭންސްގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގަވައިފަ އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖެއިން ބޭރަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށާއި ދައުލަތުން ހުރިހާ ހަރަދެއްކޮށްގެން، ފެއާތަކުގައި ބައިވެރިވުމާއި ސްޑަޑީޓްއާތަކާއި ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ.

ދައުލަތުގެ ހަރަދުކުޑަކުރަން ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ނިންމި އިރު، އާދައިގެ މުވައްޒަފުންނަށް ދޭން ނިންމާފައި ހުރި އެލަވަންސްތައް ވަނީ ހުއްޓާލަން އަންގާފައެވެ. އަބަދުވެސް ފެނިގެން މިދަނީ އާދައިގެ މީހާ އެހާލަތުގައި ދެމިހުންނަންޖެހޭ ތަނެވެ. ނިކަމެތި މީހާ އިތުރަށް ނިކަމެތިވާތަނެވެ.

ހަރަދުކުޑަކުރަން މިނޫން ސިޔާސަތެއް ހަމަ ފެނިވަޑައިނުގަތީތޯއެވެ. ދައުލަތުން އެންމެ ބޮޑު މުސާރައެއް ދެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ. ގިނައިން ލިބޭ މީހުންގެ މުސާރައިން އެއްޗެއް އުނިކުރުމުގެ ބަދަލުގައި އާދައިގެ މުވައްޒަފުންނަށް ދޭންހުރި އެލަވަންސް ނުދީ، އޯޓީ އާއި އެހެނިހެން ހިދުމަތްތައް ހުއްޓާލަން ލަފާ އެރުވި އިރު، ރައްޔިތުންނަށް އެހާ ހެޔޮއެދޭނަމަ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު ލިބޭ 82،500 ރުފިޔާއިން ބައި ލާރިވެސް އުނިކުރަން ކެރިވަޑައިނުގެންނެވީ ކީއްވެތޯއެވެ.

ކޮންމެ މެންބަރަކުވެސް، ކޮމެޓީ އެލަވަންސްގެ ގޮތުގައި އެބޭފުޅަކަށް މަހަކު ލިބިވަޑައިގަންނަވާ 20000 ރުފިޔާ ކަނޑާލާނަމަ އެއީ ރައްޔިތުންނަށްޓަކައި ވެވޭ ވަރަށް ބޮޑު ގުރުބާނީއެކެވެ. ހަރަދުތައް ކުޑަކުރަން ވިސްނާއިރު، މެންބަރުންގެ މުސާރައާއި އެލަވަންސް އިން ބައި ލާރިވެސް އުނިކުރަން ކެރިވަޑައި ނުގެން، ރައްޔިތުން އިތުރަށް ނިކަމެތިވާނެހާ ގޮތްތައް ހޯއްދަވަނީ ހަމަ ރައްޔިތުންނަށް ހުރި އިޚުލާސްތެރިކަމެއްގެ ބޮޑުކަމުންތޯއެވެ.

މިއިން ބައިލާރިވެސް އުނިކުރުމެއް ނެތި މަހުން މަހަށް 87 މެންބަރުން މުސާރައައި އެލަވަންސް ނަންގަވަމުން ގެންދަވާއިރު، މަޖިލީހުގެ 87 މެންބަރުންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު ޖުމްލަ 7،177،500 ރުފިޔާ ދައުލަތުން އެބަ ހަރަދުކުރެއެވެ.

މީގެއިތުރުން މަޖިލީހުގެ ޖަލްސާތައް އޮންނަ ވަގުތުތަކުގައި މަޖިލިހުގެ އިއްޒަތްތެރި މެންބަރުންގެ ފަރިއްކޮޅު އޮންނަނީ މަޖިލީހުގެ އިދާރާގައެވެ. މިއީ އާދައިގެ ރައްޔިތަކު ކާ ކެއުމަކަށްވުރެ އެތައް ގުނައެއް މޮޅު ކެއުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހު ކޮންމެ މެންބަރެއްގެ ކޮއްތަށް ދުވާލަކަށް 159.87 ރުފިޔާ ޚަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ހިސާބު ޖެއްސެވުމަށްފަހު ވިދާޅުވީ އަދަދުތަކަށް ބަލާނަމަ މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މެންބަރުންގެ ކޮއްތަށް 14،000 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި ހަފްތާއަކު ތިން ޖަލްސާ ބާއްވާނަމަ މެންބަރުންގެ ކޮއްތަށް 41،728.68 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

މި އާދަ، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަނީ އިއްޔެއަކު މިއަދަކުނޫނެވެ. އެކަން ފެށިގެން އައީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި 1932 ގައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މެންބަރުންގެ ފަރިއްކޮޅު އޮންނަނީ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައެވެ.

މަޖިލިސް އިދާރާއިން ހޭދަކޮށްގެން މެންބަރުންނަށް މޮޅު ކޮއްތު ކާންދީ، އެބޭފުޅުންނާއި އާއިލާއަށް ދައުލަތުން ހާއްސަ އިނާޔަތްތަކެއް ދޭއިރު ނިކަމެތި ރައްޔިތު މީހާ ހުރީ ބަނޑުފުރާނަ މުއްތިކޮށްގެންތޯ ވިސްނާލީ ކިތައް މެންބަރުން ތޯއެވެ. މަޖިލީހުގައި ރެއާއި ދުވާލު އިއްޒަތްތެރި މެންބަރުން ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ބާއްވަމުންދާއިރު، އަބަދުވެސް އޮންނަނީ ކާ ގަޑިތަކާއި ސައި ގަޑިތަކެވެ. ނުވިތާކަށް ސައި ކޮޓަރިއަށް ހުންނަނީ '' ކޮފީ ހޮޅި'' އަޅާފައިތޯއެވެ.

ފަރިއްކޮޅާއި ސައިފޮދުގެ އިތުރުން ކޮންމެ މެންބަރަކަށްވެސް މަހެއްގެ މައްޗަށް ދައުލަތުން ޖުމްލަ 82،500ރ. ހަރަދުކުރާ އިރު، މިއީ އަޅެފަހެ ބޮޑުވަރު ނޫންތޯއެވެ. މިއީވެސް ހަމަ ރައްޔިތުންގެ މާލިއްޔާއިން އިއްޒަތްތެރި މެންބަރުންނަށް ކުރާ ހަރަދެވެ. މިކަމާ ވިސްނަވާލެއްވީ ކިތައް މެންބަރުންތޯއެވެ. އިއްޒަތްތެރި މެންބަރުންނަށް ދައުލަތުން ދޭ ބޮޑު މުސާރައާއި އިނާޔަތާއި ހިމާޔަތާއެކު ރައްޔިތުން ހަވާލުކުރި ޒިންމާތައް ފުރިހަމައަށް އަދާކުރަނީ ކިތައް މެންބަރުންތޯއެވެ.

ރައްޔިތު މީހާ 30 ދުވަސް ވަންދެން ރެޔާއި ދުވާލު މަސައްކަތްކޮށްގެން މަހަކު ލިބެނީ 6000ރ ނުވަތަ 7000 ރުފިޔާއެވެ. މިއީ އެންމެ އާދައިގެ މީހާގެ މުސާރައެވެ. ކޮންމެ ގެއެއްގައިވެސް އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ކެއުން ބުއިމަށެވެ. މަސް ނިމޭއިރު އަތްމަތި އެއްކޮށް ހުސްވެ، ބައެއް މީހުން ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެއެވެ.

އިއްޒަތްތެރި މެންބަރުންނަށް ބޮޑު މުސާރައާއެކު ފަރިއްކޮޅު ދިނުމުގެ މި އުސޫލަކީ އެންމެ ރަގަޅު ގޮތްތޯއެވެ. ސަމްސުއްދީން ރަދުންގެ ރަސްކަން އުވި، ޖުމްހޫރީ ވެރިކަމެއް މިހާރު ކުރަމުންދާއިރު ރަދުންގެ ޒަމާން މާޒީވެ ހިނގައްޖެއެވެ. ރަދުން ގެންގުޅުއްވި އުސޫލުތައް މިހާރު ނެތި ގޮސްފިއެވެ. ނަމަވެސް މި އުސޫލަށް އަދިވެސް ބަދަލު ގެންނަން ނުވަނީތޯއެވެ. އޭރުވެސް އަދި މިހާރުވެސް އިއްޒަތްތެރި މެންބަރުންނެވެ. އެކަމަކު އޭރު އިއްޒަތްތެރި މެންބަރުންނަށް ދައުލަތުން ކުރި ހޭދައާއި މިހާރު ތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ކުރާ ހޭދަ ތަރާދަކުން ކިރާލުމުން މިއީ މިކަން އޮންނަންޖެހޭނެ ގޮތް ނޫން ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާނެއެވެ.

އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރަން ނިކަމެތިންނަށް ލިބެން އޮންނަ އެލަވަންސް ނުދީ ހިފެހެއްޓުމުގެ ބަދަލުގައި އިއްޒަތްތެރި މެންބަރުންނަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ދެމުންދާ 20000 ރުފިޔާގެ ބޮޑު އެލަވަންސް ކަނޑާލުމަކީ ދައުލަތުގެ މާލިއްޔާ އަޑިއަޅުވާލުން ކުޑަވެ، ބޮޑުތަނުން ހިންދަމާލެވޭނެ ކަމެއް ކަމަށް ގަބޫލުކުރެވެއެވެ.

ރައްޔިތުންނަށް ހެޔޮއެދޭ އިއްޒަތްތެރި 87 މެންބަރުންގެ ތެރެއިން އެކަމަށް އާ ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާނީ ކިތައް މެންބަރުންނަށްތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
ރައީސް ނަޝީދު ކުރުވާހަކަ ފޮތެއް
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ގެ ނަމުގައި މި ފޮތް ޝާއިޢުކުރަނީ ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިންނެވެ. ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައެޅާފައިވަނީ 250 ރުފިޔާއެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން" "ޤައުމީ މަޝްރޫޢު" "ރީތި ހަދިޔާ" އަދި "މޫސަބަރު" ހިމެނެއެވެ.