ކައުންސިލް އިންތިޚާބުގެ ޕީޕީއެމްގެ ޕްރައިމަރީ ފެށިއްޖެ

07 Feb 2020 | 14:49

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީ ފެށިއްޖެއެވެ.

މި ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.

މިއަދު ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށްކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

މި ޕްރައިމަރީގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އެ ޕްރައިމަރީއެއް ބާއްވާނީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް