އުމުރުން އެންމެ 12އަހަރުގައި ދީމާ އެޕާޓްމެންޓެއް ގަނެފި

10 Feb 2020 | 23:43

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިން ދިވެހިރާއްޖެއަށް ރަން މެޑަލް ގެނެސްދިން ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، އަމިއްލަ ފައިސާއިން އެޕާޓްމެންޓެއް ގަނެފިއެވެ.

އުމުުރުން އެންމެ 12 އަހަރުގެ ދީމާ އެޕާޓްމެންޓެއް ގަނެފައިވާކަން ހާމަކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފެވެ.

މަޚުލޫފް ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުން ލިބުނު މުސާރައިންނާއި، މެޑަލްތައް ހާސިލްކޮށްގެން ލިބުނު ފައިސާގެ އިނާމުން އުމުރުން އެންމެ 12އަހަރުގައި ދީމާ އެޕާޓްމެންޓެއް ގަތްވާހަކަ އޭނާގެ ބައްޕަ ބުނެފައިވާ ކަމަށެވެ. 

އަދި ގައުމީ ޓީމްގެ ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑަށް، ރައީސް ޞާލިހުގެ ކުޅިވަރާއި ބެހޭ ސިޔާާސަތުތަކުގެ ސަބަބުން ދާދިފަހުން ގެނެވުނު ބަދަލުތަކުން ފެންނަމުންދާ ރަނގަޅު ބަދަލުތަކުން އުފާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދީމާއާއި އޭނާގެ އާއިލާ މިވަގުތު ދިރިއުޅެމުންދަނީ އަވައްޓެރި ސްރީލަންކާގައެވެ.

Advertisement

ކޮމެންޓް