Advertisement

ސީޕްލޭން ޓާމިނަލްގެ މައްސަލަ ހޫނުވެ އެންމެފަހުން ޖިނާއީ ތަހުގީގަަކަށް!

13 Feb 2020 | 20:20

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ އެއާޕޯޓުގައި އަލަށް ގާއިމްކުރާާ ސީޕްލޭން ޓާމިނަލްގެ ލައުންޖް އޭރިޔާގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން އެމްއޭސީއެލްއިން ނިންމި މައްސަލަ ހޫނުވެއްޖެއެވެ.

އެގޮތުން އެ މައްސަލައާއި ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް ނިންމާފައިވާކަމަށް އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

އޭސީސީން ބުނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުން ތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުވާތީ އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކޮމިޝަނުން ވަކިން ބަލަމުންދާ ކަމަށެވެ.

އެ ކޮމިޝަނުން ފާާހަގަކުރި ގޮތުގައި އެމްއޭސީއެލުން މިހާރު ސީޕްލޭން އޮޕަރޭަޓަރުންނަށް ލައުންޖުން ކުއްޔަށް ޖާގަދޭން ނިންމާފައިވާ ރޭޓަކީ އެއާޕޯޓުގެ އެހެން އިމާރާތްތަކުން ޖާގަ ދޫކޮށްފައިވާ އަގާއި އަޅާބަލާާއިރު ވަރަށް ކުޑަ އަގެެކެވެ. އޭސީސީން ބުނީ އާ ސީޕްލޭން ޓާމިނަލްގެ މަޝްރޫއުއާއި ގުޅިގެން ތަރައްގީކުރެވޭ އެމްއާރްއޯ ފެސިލިޓީއަކީ އެ މަޝްރޫއުގެ ދަށުން ގާއިމްކުރެވޭ ހަމައެކަނި އެމްއާރްއޯ ފެސިލިޓީ ކަމަށާއި، އެތަން ބިނާކުރުމަށް ހަދާފައިވަނީ 5.4 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ ގިނަ އޮޕަރޭޓަރުންނަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވާއިރު، އެމްއޭސީއެލްއިން ދުނިޔޭގެ ފެންވަރުގައި އެމްއާރްއޯ ފެސިލިޓީއެއް ގާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް އެ ކޮމިޝަނުން ވަނީ ފާާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ ބޯޑު މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި ފަރާތްތަކުގެ މަސްލަހަތުގެ ފުށޫއެރުންތަކެއް މި މައްސަލައިގައި ހުރިކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެގޮތުން ބޯޑު މެންބަރުންނާއި ދެ އަމިއްލަ ސީޕްލޭން އޮޕަރޭޓަރުންކަމަށްވާ ޓީއެމްއޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާާހަަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

އޭސީސީން ވަނީ އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރަން އެމްއޭސީއެލްއަށް އަންގާފައެވެ.

Advertisement

ކޮމެންޓް

Advertisement