Advertisement

ބިލާލް ފިލިޕްސްއާއި ދެކޮޅަށް އީވާ ވާހަކަދައްކަވައިފި

18 Feb 2020 | 16:21

މަޝްހޫރު ދީީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސްއަކީ ހަރުކަށި ދީނީ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ އަންނަ މަހުގެ 12ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހާއި ހަމައަށް ޔޫތު މިނިސްޓްރީގެ ދައުވަތަށް ޑރ.ބިލާާލް ފިލިޕްސް ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ އަހުމަދު މަޚުލޫފް ހާމަކުރެއްވުމާއި ގުޅިގެންނެވެ.

އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެއާއި ރާއްޖެވެސް ސުލްހައާއި ހަމަޖެހުމާއި އެއްބައިވަންތަކަން ބޭނުންވާކަމަށާއި، ނަމަވެސް އެންމެ ގޫގުލް ސާޗަކުންވެސް އެކަމަށް އެންމެ ރަނގަޅު ފަރާތަކީ ބިލާާލް ފިލިޕްސް ނޫންކަން އެނގިގެން ދާނެކަމަށެވެ. 

އަދި އެބޭފުޅާއަކީ ހަރުކަށި ފިކުރާއި، އަންހެނުންނަށް އަނިޔާވެރިވުމާއި އަދި ޑިމޮކްރަސީއާއި އިިދިކޮޅު ފިކުރު ފަތުރާ މީހެއްކަމަށްވެސް އީވާ ވިދާޅުވިއެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ބިލާލް ފިލިޕްސްއަކީ މީގެ ކުރިންވެސް ރާާއްޖެއަށް ވަޑައިގެން ދީނީ ދަރުސް ދެއްވުމުގެ ޕްރޮގްރާމްތައް ހިންގަވާފައިވާ ފަރާތެކެވެ. ނަަމަވެސް ބިލާލް ފިލިޕްސްއަކީ ދީނީގޮތުން ހަރުކަށި ފިކުރަށް ތާއިދުކޮށް އެފަދަ ފިކުރު ފަތުރަން މަސައްކަތް ކުރާ ފަރާތެއްކަމަށްބުނެ، އެބޭފުޅާ ބައެއް ގައުމުތަަކަށް އެރުން ވަނީ މަނާކޮށްފައެވެ.

Advertisement

ކޮމެންޓް