18 Feb 2020 | 20:06
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާއި ދެކޮޅަށް ރައީސް ނަޝީދު

ކެނެޑާއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާާލް ފިލިޕްސް ދިވެހިރާއްޖެއަށް ގެނައުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ.ފިލިޕްސްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ.

އެހެންކަމުން އެބޭފުޅާ ރާާއްޖެއަށް ގެންނަން ފެނިވަޑައި ނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެެސް ވަނީ ބިލާލް ފިލިޕްސް ރާާާއްޖެއަށް ގެނައުމާާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ބިލާލް ފިލިޕްސްއަކީ މީގެ ކުރިންވެސް ރާާއްޖެއަށް ވަޑައިގެން ދީނީ ދަރުސް ދެއްވުމުގެ ޕްރޮގްރާމްތައް ހިންގަވާފައިވާ ފަރާތެކެވެ.

ނަަމަވެސް ބިލާލް ފިލިޕްސްއަކީ ދީނީގޮތުން ހަރުކަށި ފިކުރަށް ތާއިދުކޮށް އެފަދަ ފިކުރު ފަތުރަން މަސައްކަތް ކުރާ ފަރާތެއްކަމަށްބުނެ، އެބޭފުޅާ ބައެއް ގައުމުތަަކަށް އެރުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ