N/A
N/A
ހަބަރު 19 Feb 2020 | 02:27

ދެ އަހަރުނުވާ ކުއްޖާ ރޭޕްކުރި މައްސަލައިގައި، ކުއްޖާގެ ބަފައިންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގައި، އިހުމާލުވިކަމުގެ ތުހުމަތުގައި، އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުުހުން ބުނީ، ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ނުގެނައި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

އެ ދެ މީހުންގެ މައްޗަށް ކުރީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދެ މީހުންނަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެމައްސަލައިގައި ހައްޔަރުކުރި ކުއްޖާގެ ބައްޕަ އިއްޔެ ވަނީ ބަންދުން ދޫކޮށްލާފައެވެ. ފުލުހުން ބުނީ، އޭނާ ދޫކޮށްލީ ޕީޖީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 Oct 2026 ހަބަރު

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު
26 Oct 2026 ހަބަރު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ވ. ފުލިދޫ، އަޙްމަދު ނަޞީރު )62އ( އެވެ.

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް
26 Oct 2026 ހަބަރު

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަޖީދީމަގުން އައިސް ބޮޑުތަކުރުފާނު މަގަށް ނުކުތް ކާރެއްގައި ސައިކަލެއް ޖެހިގެން ކަމަށާ، އެއަށްފަހު، ކޮންޓްރޯލް ނުވެ ގޮސް ސައިކަލުވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި އިތުރު ކާރެއްގައި ޖެހިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި
26 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް
26 Oct 2026 ހަބަރު

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އިއްޔެ ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ހާދިސާ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މިއަދު ހެދުނު ފުނަދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.