ހުޅުމާލޭގައި ބާބަކިޔު ހަދާނެ ސަރަހައްދެއް ވަގުތީގޮތުން ގާއިމްކޮށްފި
ހުޅުމާލޭގައި ބާބަކިޔު ހެދުމަށް ވަގުތީ ސަރަހައްދެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ހަމަޖައްސައިފިއެވެ.
އެކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި އާންމުންނަށް ބާބަކިޔު ހެދޭނެގޮތަށްް ރުއްގަނޑު2 ސަރަހައްދު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސަރަހައްދުގައި ބާބަކިޔު ހެދޭނީ ހަމައެކަނި ކޯލްއިން ކަމަށާއި، އަދި މި ސަރަހައްދުގައި މަސް ކަނޑާ ހުޅުނބު ޖެހުމަކީވެސް މަނާކަމެއް ކަމަށް ވަނީ ބުނެފައެވެ.
ރުއްގަނޑު2 ސަަރަހައްދުގައި ބާބަކިޔު ހެދުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީވާ ހުކުރު ދުވަހުން ފެށިގެންނެވެ.
މީގެ ކުރިން ހުޅުމާލޭގައި ބާބަކިޔު ސަރަހައްދެއް ތަރައްގީކޮށްފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނިމޭ ހިސާބުގައެވެ. ނަމަވެސް އެ ސަރަހައްދުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބްރިޖްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާާތީ، އެތަން ބަންދުކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް