މީޑިޔާތަކުން ދޮގު ޚަބަރު ފެތުރުން ހުއްޓުވަން ޖެހޭ: ކެރަފާ ނަސީމް

28 Feb 2020 | 15:38

މީޑިޔާތަކުން ދޮގު ޚަބަރު ފެތުރުން ހުއްޓުވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ކިއުލިއަމް ފައުންޑޭޝަން ދިވެހިރާއްޖެއަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރައީސް އޮފީހުގެ ކައުންޓާ ޓެރަރިޒަމް ކޮންސަލްޓެންޓް ނޫޝިން ވަހީދާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށްބުނެ، އޮންލައިން ނޫހެއްކަމުގައިވާ "ދިޔަރެސް" އިން ލިޔުނު ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ.

ކެރަފާ ނަސީމް ވިދާޅުވީ މީޑިޔާތަކުން ދޮގު ހެދުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަމަކީ ނުރައްކާތެރި އަދި ބިރުވެރި ކަމެއްގެ ގޮތުގައި ނަސީމް ވަނީ ސިފަކުރައްވާފައެވެ.

ކިއުލިއަމް ފައުންޑޭޝަން ދިވެހިރާއްޖެއަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރައީސް އޮފީހުގެ ކައުންޓާ ޓެރަރިޒަމް ކޮންސަލްޓެންޓް ނޫޝިން ވަހީދާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް ދިޔަރެސްގައި ބުނެފައިވީނަމަވެސް، ނޫޝީން ވަނީ އެކަމަށް އިންކާާރުކުރައްވާފައެވެ.

ނޫޝީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު ކަހަަލަ ގޮތަކަށް ހޭލެވެނީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެދާާނެފަދަ ދޮގުތަކެއް ބަޔަކު ފެތުރުމަށްކަމަށެވެ. އަދި އެކަމާއި މެދު ހަނުހުރެއްޖައިން ކަމަށާއި، ނަމަވެސް މިހާާރު ފުދިއްޖެކަމަށް ނޫޝީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް