01 Mar 2020 | 23:10
ސަރުކާރުގެ ދިފާއުގައި މިނިސްޓަރުން: މަހުލޫފުގެ މަލާމާތް ޕީޕީއެމްގެ ޖަލްސާއަށް!

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލޯކަލް ކައުންސިލް ކެންޕެއިން ފެއްޓުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުނު ބިޔަ ބޮޑު އެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުމާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް އަމާޒުވެފައިވަނިކޮށް ސަރުކާރުގެ ދިފާއުގައި ޔޫތް މިނިސްޓަރ މަހްލޫފް ނިކުންނަވައި ރޭގެ ޖަލްސާއަށް މަލާމާތުގެ ބަސްތަކެއް ރައްދުކޮށްފިއެވެ.

މަހްލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ޕީޕީއެމުން ބޭއްވި ޖަލްސާއަށް ދުނިޔެއިން ބޭރުން މީހުން ނުގެނައިކަމަކީ ނަސީބެއް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވެފައިމިވަނީ ރޭގެ ޖަލްސާ ނިންމާލުމަށްފަހު އަވަށްޓެރި ގައުމުތަކުން އެ ޖަލްސާއަށް އައިސްފައި ތިބި މީހުންގެ ފުރުން އެރޭ 11:30 ގައި ހަމަޖެހިފައިވާ ކަމަށް ޖަލްސާގައި ބުނެފައިވާތީއެވެ.

އެމްޑީޕީއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ މިމަހުގެ 21 ވަނަދުވަހު އެޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ފެއްޓުމަށް ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ހުސް ގޮނޑިތައް ހުރުމުންނެވެ. އެމްޑީޕީގެ އެއްވުންތަކާއި ޖަލްސާތަކުން ފެންނަމުން އައި "ރީނދޫ" ލަޝްކަރު މިފަހަރު ނުފެނުނީސަރުކާރާ މެދު ގިނަ ރައްޔިތުން މާޔޫސްވެ ކަންބޮޑުވެފައިވާތީކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.

ނިިމިިދޔަ ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުން ރައްޔިތުން ތާއީދު ހުރި ގޮތް ފެނިވަޑައިގެންފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ރައްޔިތުން ތިބޭ ގޮތް އެނގިގެން ދާނެ ކަމަށާއި ރައްޔިތުންގެ ތާއީދު އޮތް ގޮތް ނިންމާނީ އޭޕްރީލް 4 ވަނަ ދުވަހު ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.