މިރޭ އޮންނަ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވޭނެ: މަބްރޫކް

21 Mar 2020 | 11:06

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް އެފްއޭއެމްގެ އިންތިޚާބު ނުބޭއްވޭނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާާޅުވީ ވޮއިސްއިން ކުރި ސުވާާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ވޮއިސްއަށް އިއްޔެ މައުލޫމާތުދެއްވި އެފްއޭއެމްގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އިންތިޚާބު ފަސްކުރުމާއި މެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށާއި، ހޮޓެލް ޖެންގެ ބޯލްރޫމްގައި އެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. ފާާހަގަކޮށްލެވޭ ގޮތުގައި މި އިންތިޚާބަކީ ގިނައަދަދެއްގެ ބަަޔަކު ބައިވެރިވާ އިވެންޓެކެވެ.

މި ކޮންގްރެސް ފަސްކުރިކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ޓްވިޓަރ މެދުވެރިކޮށް ފަހުން ހާމަކުރައްވާފައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ދުވަސްވަރަކަށް ވާާތީވެ، ސަރުކާރުގެ ފަރާތުން ވަނީ ތަންތަނަށް މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް