ޗައިނާާގެ ވީޑޮކްޓަރ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާކޮށްފި

23 Mar 2020 | 19:24

މިދިޔަ އަހަރުގެ ފަހުކޮޅުގައި ކޮވިޑް-19 ވައިރަސް ޗައިނާާގައި ހަލުވިކަމާާއި އެކު ފެތުރެން ފެށުމާއި އެކު، އެގައުމުން އެންމެ ފުރަތަމަވެެސް އަވަސްވެގަތީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި މީހުންނަށް ފަރުވާ ދިނުމަށެވެ. ޗައިނާއަކީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ގައުމެއްކަން މުޅި ދުނިޔެވެސް ދަންނާނެއެވެ.

މިގޮތުން ކޮރޯނާ ވައިރަހާާއި ދެކޮޅަށް ޗައިނާއިން ކުރަމުންދިޔަ ހަނގުރާމައިގައި އެގައުމުގެ ޓެކްނޮލޮޖީ ކުންފުނިތަކުންނާާއި ޑޮކްޓަރުން ގުޅިގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިއެވެ. މީގެ ބޭނުމަކީ ބޭރަށް ނުކުންނަ މީހުން މަދުކުރުވުމާާއި، އެ ބަލި ޖެހިފައިވާކަން ޔަގީންކުރުމަށް ބޭނުންވާާ ފަރާާތްތަކަށް އެކަން ފަހިކޮށްދިނުމެވެ. މިގޮތުން ހިލޭ ބޭނުންކުރެވޭ އެއް ޕްލެޓްފޯމަކީ ވީ ޑޮކްޓަރއެވެ.

ވީ ޑޮކްޓަރ މެދުވެރިކޮށް ދުވަހުގެ ކޮންމެ އިރެއްގައިވެސް ޑޮކްޓަރުންނަށް ދައްކާލައި ސިއްހީ މާހިރުންގެ އިރުޝާދުތައް ހޯދުނު އިރު، އެފަދައިން ޗައިނާގެ އެހެން ރައްޔިތުންނާއި މުޅި ދުނިޔެއަށް އެހީތެރިވެވޭނެފަދަ ވަސީލަތްތައް ގާއިމްކޮށްދިނުމަށް އެގައުމުގެ ސަރުކާރުން އެދުނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އުފަންވެގެން ދިޔައީ ވީ ޑޮކްޓަރ ގްލޯބަލްއެވެ.

ވީ ޑޮކްޓަރ ގްލޯބަލް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް މިހާރު ކޮވިޑް-19 ވައިރަހާއި ގުޅޭ މައުލޫމާތު އާންމުންނަށް އިނގިރޭސި ބަހުން ލިބިދޭނެއެވެ. މި މައުލޫމާތުތައް ދެއްވާ ސިއްހީ މާހިރުންނަކީ އެ ވައިރަހާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ބައެކެވެ. އެހެންކަމުން، ޓެކްނޮޮލޮޖީގެ އަލީގައި ކޮވިޑުން އަވަހަށް މިންޖުވާން އުޅެމާތޯއެވެ.

Advertisement

ކޮމެންޓް