31 Mar 2020 | 22:47
ސަފާރީތަކުގެ މުވައްޒަފުން ހުޅުމާލޭ ފަޅުތެރޭގައި އިހުތިޖާޖުކުރުން އެންބީއޭއެމްއިން ކުށްވެރިކޮށްފި

ކޮވިޑް-19 ގެ ކަންތައްތަކާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް ތަބާވުމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންބީއޭއެމްގެ ފަރާތުން ހުރިހާ ސަފާރީތަކަށް ގޮވާލައިފިއެވެ.

އެންބީއޭއެމްއިން ބުނީ އެޗްޕީއޭއިން ބޯޓުތަކާާއި ރިސޯޓްތަކުގައި މަޑުކުރަން އެންގުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން އިހުތިޖާާޖުކުރަމުންދާާ ކަމަށާއި، އެކަން ކުށްވެރި ކުރާާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ހުޅުމާލޭގެ ލަކުޑި ފާލަން ކައިރިއަށް ސަފާރީތަކެއްގެ މުވައްޒަފުން ދަނީ ޑިންގީތަކެއްގައި އައިސް އިހުތިޖާޖުކުރަމުންނެވެ.

ސަފާރީ ފަޅުވެރިންގެ ބަސް

މިއަދުގެ އިހުތިޖާޖުގައި ބައިވެރިވި ފަޅުވެރިން "ވޮއިސް" އާއި ވާހަކަ ދައްކަމުން ކިޔައި ދިން ގޮތުގައި ފަޅުވެރިން އަޑު އުފުލާފައިވަނީ ސަފާރީތަކުން 14 ދުވަސް ހަމަވުމަށްފަހުވެސް ފަޅުވެރިންނަށް ސަފާރީން ފޭބޭނެގޮތަކާއި މެދު އެޗްޕީއޭއިން ގޮތެއް ނިންމާފައިނުވާތީކަމަށާއި، ގިނަ ފަޅުވެރިން މިހާރު ވަނީ ނޯޕޭގައި ސަފާރީގައި މަޑުކުރަން އަންގާފައިކަމުން އިތުރު އާމްދަނީއެއް ހޯދުމަށްވެސް މަސައްކަތެއް ކުރެވޭނެ މަގެއްނެތުމުން އެކަމާއި ގުޅިގެން އަޑުއުފުލަންކަމަށެވެ.

"އަޅުގަނޑުމެންވެސް އާއިލާއަށް ބަލާނެ. އެ މީހުން މިފަދަ ބައްޔެއް އެރުނަ ނުދޭން ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުމެން ސަރުކާރުގެ އެންގުންތަކާއި ދެކޮޅު ހަދަނީކީ ނޫން. އަޅުގަނޑުމެނަށް ސަރުކާރުން ޖަވާބެއް މިކަމުގައި ނުދެނީ." ސަފާރީ ފަޅުވެރިއެއް ކިޔައިދިނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާާލަތުގެ ދަށުން މިފަދަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދެވޭނެކަމަށް ވިދާޅުވެފައެވެ.

އެންބީއޭއެމްއިން އިތުރަށް ބުނީ މިފަދަ ވަގުތުގައި އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ބޯޓުން ފޭބުމަށް މަސައްކަތްކުރާ ކްރޫއިންނާާއި ވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. އެފަރާތުން ފާާހަގަކުރި ގޮތުގައި ސަރުކާާރުން ވަނީ ވަޒީފާގެ ހާލަތު ބަަދަލުކުރާ ފަރާތްތަކާއި ވަޒީފާއިން ވަކިކުރާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓަރވުމަށް އަންގާފައެވެ.

އެންބީއޭއެމްއިން ވަނީ މިފަދަ ވަގުތުތަކުގައި އިދާރާތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.