މި ދުވަސްވަރުގައި އެއްވުންތަކަށް ފުުރުސަތެއް ނުދޭނަން: ފުލުހުން

31 Mar 2020 | 18:28

މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެސް ބަޔަކަށް އެއްވުންތައް ބޭއްވުމުގެ ފުުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޑިންގީތަކެއްގައި އައިސް ހުުޅުމާލޭ ފަޅުތެރޭގައި އިހުތިޖާޖްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެފަރާތްތަކުން އިހުތިޖާޖްކުރަމުންދަނީ އެންމެ ފަހުގެ ފަތުރުވެރިޔާ ފޭބުމަށްފަހު ސަފާރީތަކުގެ ކްރޫއިން ސަފާރީތަކުގައި 14ދުވަސް ވޭތުކުރަން ޖެހޭ މައްސަލައިގައެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ އ ގެ ހަތަރުވަނަ ނަންބަރާާއި އެ ގާނޫނުގެ 34ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެސް ބަޔަކަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ.

އެންމެންގެ ރައްކަލަކަށްޓަކައި ގާނޫނީ ތަރަަހައިގެ ތެރެއިން އެންމެހާ ފަރާތްތަކުން އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް