ރާއްޖެއަށް ބޭނުންވާ ބިހާއި ފިޔާ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓެއްގެ އިންޖީނުގައި ރޯވެއްޖެ

04 Apr 2020 | 19:02

ރާއްޖެއަށް ބޭނުންވާ ބިހާއި ފިޔާ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓެއްގެ އިންޖީނުގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އިންޑިޔާއިން ފިޔާއާއި އަދި ބިސް ހިފައިގެން ދަތުރުކުރި އެމްވީ ވީބީ ޕްރޮގްރެސް ކިޔާ ބޯޓެއްގެ އިންޖީނުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް އެފަރާތަށް ލިބުނު ކަމަށެވެ. ރޭ 11:30 ހާއިރު މި ރިޕޯޓް ލިބުނުއިރު އެ ބޯޓު ދަތުރުކުރަމުންދިޔައީ ރާއްޖޭގެ ބޭރު ކަނޑުންނެވެ.

މި ބޯޓުގައި ތިިބީ އިންޑިޔާގެ އެގާރަ ފަޅުވެރިންނެވެ. މި ބޯޓުގެ އިންޖީނު ހެދުމަށްފަހު މިހާރު މަޑުމަޑުން ދަނީ ރާއްޖެއާއި ހިސާބަށް ދަތުރުކުރަމުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް