މޯލްޑިވިއަންގެ އޮންލައިން ބުކިންގ ސިސްޓަމަށް އެޓޭކްތަކެއް ދެމުންދާކަމަށް ބުނެފި

06 Apr 2020 | 23:47

މޯލްޑިވިއަންގެ އޮންލައިން ބުކިންގ ސިސްޓަމަށް އެޓޭކްތަކެއް ދެމުންދާކަމަށް ބުނެފިއެވެ.

އެ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ  އެފަރާތުގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރއިން ވަނީ މަޢުލޫމާތު ދީފައިކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއްކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވިއަންއިން ވަނީ މީގެ އިރުކޮޅެއް ކުރިން މެލޭޝިޔާއިން ރާއްެޖެއަށް އަންނަން ބޭނުންވާާ ދިވެހިންނަށް ބާާއްވާ ޚާއްސަ ފްލައިޓުން އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މޯލްޑިވިއަންއިން ވަނީ ‏އޮންލައިންކޮށް ގިނަ ބަޔަކަށް ޓިކެޓް ނަގަން އުނދަގޫވާތީ މި ވަގުތުން ފެށިގެން 3335544 އަށް ގުޅުއްވައިގެން ވަގުތުން ޓިކެޓް ބައްލަވައިގަނެވޭނެކަމަށް ބުނެފައެވެ. ނަމަވެސް އެ ނަންބަރުން ގުޅައިގެން ގިނައިރުތަކެއް ވާއިރުވެސް ފޯނަށް ޖަވާބު ނުދޭ މައްސަލަ ވަނީ ހޫނުވެފައެވެ.

Advertisement

ކޮމެންޓް