އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރަން އެދުނު ބިދޭސީ ޑޮކްޓަރަކަށް ހަމަލާދީފި

15 Apr 2020 | 15:07

އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރަން އެދުނު ބިދޭސީ ޑޮކްޓަރަކަށް މާލޭގެ އެސްޓީއޯ ސުޕަރމާކެޓް ތެރެއިން ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އެސްޓީއޯ ސުޕަރމާކެޓް ތެރޭގައި ރާއްޖޭގައި މަަސައްކަތްކުރާ ލަންކާގެ ފިރިހެން ޑޮކްޓަރެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށް މިއަދު. 13:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އެ ޑޮކްޓަރުގެ ވާތުލޯ ކައިރި ވަނީ މަށައިގެން ގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. 

Advertisement

ކޮމެންޓް