އެތެރޭގެ އުދުހުންތައްވެސް ވަގުތީގޮތުން މެދުކަނޑާލައިފި

15 Apr 2020 | 23:46

މާލެއިން ކޮވިޑް-19 އަށް މިހަކު ފައްސިވެ ލޮކްޑައުން ކުރުމާއި ގުޅިގެން އެތެރޭގެ އުދުހުންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އަދި މަންޓާ އެއާ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީ ލޮކްޑައުންކޮށްފައިވާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަކިގޮތެއް އަންގަންދެން އެތެރޭގެ އުދުހުންތައް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. 

އެކުންފުނިތަކުން ބުނިގޮތުގައި ދެން ކުންފުނީގެ ދަތުރުތައް ފަށާނީ އެޗްޕީއޭ އިން ވަކި ގޮތެއް އެންގުމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.  އަދި މި ވައިރަސްގެ އަސަރު ދިގުލައިގެން ގޮސްފިނަމަ ފޫނުބެދޭވަރުގެ ގެއްލުން ދުނިޔޭގެ އެއާލައިން ކުންފުނިތަކަށް ވާނޭކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް