އެސްޓީއޯގެ "އީސްޓޯރ.އެމްވީ" ޑެލިވަރީއާއެކު އަލުން ފަށައިފި

16 Apr 2020 | 13:11

ކޯވިޑް 19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކޮށްފައިވާތީ އެސްޓީއޯގެ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލި ކަމަށާއި މިގޮތަށް މެދުކަނޑާލީ ޑެލިވަރީ ކުރުމަށް ނަގަންޖެހޭ ބައެއް ހުއްދަތައް ހޯދުމަށް ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

"އީސްޓޯރ.އެމްވީ" ގެ ޚިދުމަތަކީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ.

އިޖުތިމާޢީ ގައިދުރުކަން އިސްކޮށް ވީހާވެސް އެކަހެރިވެ ގެއިން ބޭރަށް ނުނިކުމެ އުޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވަމުން ގެންދަވާ މިދަނޑިވަޅުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން މިހާރު ވިޔަފާރި ކޮށްލެވޭނެއެވެ.

މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި މި ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ. ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ ‘ސާޗް’ ބަޓަންއިން ބޭނުންވާ އެއްޗެއް ހޯދާލެވެން ވެސް ހުރެއެވެ.

ކަސްޓަމަރު ގަތް ތަކެތި 20 ރުފިޔާގެ ޗާޖަކާއެކު މާލެއާއި ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެއަށް ޑެލިވަރކޮށްދެވޭނެއެވެ. 

Advertisement

ކޮމެންޓް