ޕޭޝަންޓް 21: ހުޅުމާލެއިން 4 ގެއެއް، މާލެއިން 7 ގެއެއް މޮނިޓަރިންއަށް!

16 Apr 2020 | 18:01

މާލެއިން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ޕޭޝަންޓް 21 ގެ ކޮންޓެކްޓް ޓްރޭސިންގ އަށް ފަހު 11 ގެއެއް މޮނިޓަރިންގ ހެ ހާލަތައް ގެނެސްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި ހުޅުމާލެ ގެ 4 ގެއެއްވަނީ މޮނިޓަރިންގ ހާލަތައް ގެނެސްފައެވެ. މާލެ އިން ވަނީ 7 ގެއެއް މޮނިޓަރިންގ ހާލަތައް ގެނެސްފައެވެ.

މޮނިޓަރިނގ އަށް ގެނެފައިވާ ގެތައް:

ހުޅުމާލެ ލޮޓް 11090

ހުޅުމާލެ ފްލެޓް 02-2-6

އަމީން އެވެނިއު ޓީކް 905

ހުޅުމާލެ ލޮޓް 11296

ހ. ރައިކުރެދި އާރު

މ. ފީރޯޒުގެ 6 ބީ

މ. ލޯކަށި 3 ސީ

މ. ސޯސަންމާގެ

ހ. ފެނިގެއްލިދާގެ

މ. ނާގޫސުވިލާ ދެވަނަ ފަންގިފިލާ

މަ. އޯކިޑްގެ

މާލެއިން މި ބަލި ޖެހުނުކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވަނީ ތިން މީހެކެވެ. އަދި މިއީ މި ބަލި ޖުމްލަކޮށް ޖެހުނު އަށްވަނަ ދިވެއްސެވެ.

މާލެއިން ފެނުނު ޕޭޝަންޓް 21 ގެ އިތުރުން އެ ބައްޔަށް ޕޮސިޓިވް ވެފައިވަނީ އޭނާގެ ކުޑަ ދަރިފުޅެވެ. މީގެ އިތުރުން ތިންވަންއަށް މާލެ އިން ޕޮސިޓިވްވެފައިވަނީވެސް ޕޭޝަންޓް 21 ގެ ޑައިރެކްޓް ކޮންޓެކްޓްވެފައިވާފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ދިވެހިރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 23 އަށް އަރާފައެވެ.

Advertisement

ކޮމެންޓް