ރ.ވަންދޫގައި ވެމްކޯއިން ދެމުންގެންދާ ހުރިހާ ހިދުމަތެއް މެދުކަޑާލައިފި

17 Apr 2020 | 21:18

ކޮވިޑް-19 މުޅި ރާއޖޭގައި ފެތުރެމުންދިޔުމާއި ގުޅިގެން ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ރ.ވަންދޫގައި ދެމުންގެންދާ ހުރިހާ ހިދުމަތެއް ވަގުތީގޮތުން ހުއްޓާލާފިއެވެ.

ވެމްކޯގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި އެޗްޕީއޭގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަނގާފައިވާތީ އެކުންފުނީގެ ފަރާތުން ރ.ވަންދޫ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއިން ފޯރުކޮށްދޭ ޙުރިހާ ހިދުމަތެއް ހުއްޓާލަން ނިންމާފައިވާކަމަށެވެ.

އެކުންފުނިން ބުނީ އެގޮތަށް ނިންމަންޖެހުނީ އެޗްޕީއޭގެ ފަރާތުން ރާއްޖޭގެ ރައްތަކަށް އަރާފޭބުން މަނާކުރުމާއި ގުޅިގެންކަމަށެވެ. އަދި ހާލަތަށް އަންނަ ބަދަލާއި ގުޅިގެން އެކުންފުނީގެ ހިދުމަތަށް އަންނަ ބަދަލްތަށް ކަސްޓަމަރުންއަށް އަންގަމުންދާނެކަމަށެވެ.

Advertisement

ކޮމެންޓް