ހއ. އިހަވަންދޫ ކަރަންޓީނުކޮށްފި

19 Apr 2020 | 14:47

ހދ. އިހަވަންދޫ ކަރަންޓީން ކޮށްފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދު އެޗްޕީއޭއިން އިހަވަންދޫ ކައުންސިލްއަށް ފޮނުވި އެންގުމުގައިވާގޮތުގައި އެރަށަށް ދަތުރުކޮށްފައިވާ އުޅަދެއްގައި ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން ކޮވިޑް-19 އަށް ސައްކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން، ސިއްޙީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

އެޗްޕީއޭއިން އިން އަންގާފައިވަނީ އިހަވަންދޫއިން އެއްވެސް މީހަކު އެރަށުން އެޗްޕީއޭގެ ހުއްދަނެތި ނުފޭބުމަށެވެ.

ކޮވީޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބައެއްރައްތައް ދަނީ ކަރަންޓީން ކުރަމުންނެވެ. އޮގޮތުގެ މަތިން މާލެ ސަރަހައްދުވެސްވަނީ ވަނީ 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ.

މާލެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ ކޭސްތަކުގެ އަދަދު 31 އަށް ވަނީ އަރާފައެވެ.

Advertisement

ކޮމެންޓް