ކޮތަރުތަކަށް ކާންދިނުމަށް ފުލުހުން ނިކުމެއްޖެ

20 Apr 2020 | 18:27

މާލޭގެ މޫނުމަތި ކަމުގައިވާ ޖުމްހޫރީ މައިދާން ސަރަހައްދު ފޫހި ފިލުވައިދެމުން އައި ކޮތަރުތައް، މާލެ ލޮކްޑައުންކުރުމާއެކު މިވަނީ ބަނޑުހައި ހޫނުކަމާއި ކުރިމަތިލާންޖެހިފައެވެ. 

ކޮތަރުތަކަށް ޤަވައިދުން ކާންދެމުން އައި ފަރާތްތަކަށް ވަނީ މާލެ ލޮކްޑައުންގެ ސަބަބުން އެ ސޮރުމެނަށް ކާންދިނުމުން މަހުރޫމުވެފައެވެ. މިއާއެކު ގިނަ އަދަދެއްގެ ކޮތަރުތައް ބަނޑުހައި ހޫނުކަން މަތީ މަރުވާންފެށުމުން އެކަން މިވަނީ ސޯޝަލް މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. 

ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަޔާޒް ޔޫސުފް އޭނާއަށް ފެނުނު އެ ހިތްދަތި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ގިނަބަޔަކު ކޮތަރުތަކަށް ކާންދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް ވަނީ ގޮވާލާފައެވެ. 

އެއާއެކު ކޮމިޝަނާރ އޮފް ޕޮލިސް ހަމީދް ވަނީ ކޮތަރުތަކަށް ކާންދިނުުގެ މައްސަކަތް ފުލުހުން ކުރަމުން އަންކަމަށް ވިދާޅުވެފައެވެ. 

ސީޕީ މިފަދައިން ބުނެފައިވަނީ މިއަދު މި ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ މީހެއްގެ ޓުވީޓަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. 

ޖުމްހޫރީ މައިދާނުގެ އިތުރުން ހިތްފަސޭގަ މައިޒާންނުގައިވެސް ގިނަ އަދަދެއްގެ ކޮތަރު ހަރަކާތްތެރިވަމުން އާދެއެވެ. ކޮތަރު ތަކަށް ކާން ނުލިބުމުން، މާލެގެ ހަމަހިމޭން ވެފައިވާ މަގުތަކަށް ކޮތަރުތަށްވަނީ ނިކުމެފައެވެ. ބައެއް ފަރާތަތަކުން އަންނަނީ މިކޮތަރުތަކަށް ބެލްކަނީގައި ތިބެގެންވެސް ކާންދެމުންނެވެ.

ފުލުހުންގެ މި އޯގާތެރި އަމަލަށް ގިނަބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.


Advertisement

ކޮމެންޓް