މުނި ހޯމް ކެއާގެ ''އިޔާ އެންޑް ސޭލް" ކުރިއަށްދަނީ

12 Nov 2018 | 12:33

އަހަރުނިމޭ ކޮޅާ ދިމާކޮށް މުނި ހޯމް ކެއާއިން ބާއްވާ ''އިޔާ އެންޑް ސޭލް" ފައްޓައިފިއެވެ.

މިހިނގާ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ފެއްޓި މި ޕްރޮމޯޝަން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް މުނި ހޯމް ކެއާއިން މައުލޫމާތު ދެއެވެ.

މުނި ހޯމް ކެއާގެ ހުރިހާ ފިހާރައެއްގައިވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި ހުރިހާ ވައްތަރެއްގެ ފަރުނީޗަރު ވަރަށް އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ސޯފާ، ބަދިގެ ސާމާނު، އަދި ފާހާނާ ސެޓުތައް އަގުހެޔޮކޮށް ލިބެން ހުންނާނެކަމަށްވެސް މުނި ހޯމް ކެއާއިން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ބައިވެރިންގެ ތެރެއިން ހަފްތާއަކު އެއްފަހަރު ހޮވޭ މީހަކަށް އިނާމެއް ލިބޭ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި ގަންނަ ކޮންމެ ބެޑްރޫމް ސެޓް އަދި ފާހަނާ ސެޓަކާއެކީވެސް ހާއްސަ އިނާމުތަކެއް ލިބިގެންދާނެކަމަށް މުނި ހޯމް ކެއާއިން ބުނެއެވެ.

މަލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ޖުމްލަ ހަތަރު ފިހާރައެއް މުނި ހޯމް ކެއާއިން މިވަގުތު އޮޕަރޭޓް ކުރަމުންދެއެވެ. އެއީ މާލޭގައި ހުންނަ ފަރުނީޗަރ ސެންޓާ އަދި ލިވިން ސެންޓާ، ޓްރޭޑާސް އަދި ހުޅުމާލޭގައި ހުންނަ ސޭލްސް ސެންޓާއެވެ.  

Advertisement

ކޮމެންޓް