36 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

26 Apr 2020 | 10:14

ދިވެހިރާއްޖެއިން 36 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މިއަދު މިހާތަނަށް އަލަށް ޕޮޒިޓިވްވެފައިވަނީ 29 ބަންގްލަދޭޝްގެ ރައްޔިތުންނާއި، ހަ ދިވެހިންނާއި އެއް އިންޑިޔާގެ ރައްޔިތެކެވެ. މީގެ ތެރެއިން 30 ފަރާތަކީ ދަތި ހާލަތުގައި އުޅެމުންދިޔަ ތިން ގެއަކުން ނެގުނު ސާވައިލެންސް ސާމްޕަލްތަކުން ޕޮޒިޓިވްވި ފަރާތްތަކެކެވެ.

މި ފަރާތްތައް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ ފަރާތްތަކުގެ އަދަދަކީ 177 އެވެ.

Advertisement

ކޮމެންޓް