ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުން އަންނަ ހަފްތާއަށް ފަސްކުރެވިއްޖެ

28 Apr 2020 | 23:27

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުންދޭ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ލޯނުތައް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށިގެން ދާނެކަމަށް ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަންނަ ހަފްތާގެ ތެރޭގައި ލޯން ދޫކުރެވެން ފަށާނެ ކަމަށެވެ. 

އަދި މިކަމުގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް އާންމުކުރާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރެވޭ ލޯންތަކުގެ ފައިސާ ލިބުން ލަސްވަމުންދާ މައްސަލައިގައި ގިނަ ވިޔަފާރިތަކުން ދަނީ ޝަކުވާކުރަމުންނެވެ.

Advertisement

ކޮމެންޓް