30 Apr 2020 | 13:43
ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް ނިޔާވި މީހާ ވަޅުލައިފި

ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް ނިޔާވި މީހާ ވަޅުލައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ބަލީގެ ސަބަބުން މީހަކު ނިޔާވެފައިވާއިރު، އެމީހާ ހިނެވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އަންހެން ސިފައިން ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖޭގައި މިބަލީގައި ފުރަތަމަ ނިޔާވީ އަންހެނެކެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ މި މީހާއަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނަގާފައިވަނިކޮށް، މިއަދު މަރުވި 83 އަހަރުގެ، އާމިނަތު އާދަމު ކަމަށެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި މީހާއާ ގުޅިގެން އިތުރު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަރުވި މީހާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ދަންނަވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ އެ މަރުހޫމާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ނިޔާވި ފަހުންކަމަށާއި، އެ ފަރާތް ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެފަރާތަކީ މީގެ ކުރިންވެސް އެހެނިހެން ސިއްހީ މައްސަލަތަކެއް ހުންނަ ފަރާތެކެވެ.

މި އަންހެންމީހާ ވަނީ މިރޭގެ ވަގުތެއްގައި އާ ސަހަރާގައި ވަޅުލާފައެވެ. އަންހެންމީހާ ހިނެވުމުގެ ކަންތައްތައް ކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އަންހެން ސިފައިންތަކެކެވެ.

މި މަރާއި ގުޅިގެން އެ މަރުހޫމާގެ އާއިލާގެ ފަރާތުން ވަނީ އެޗްޕީއޭއިން މިކަމުގައި އިހުމާލުވެފައިވާ ކަމަށްބުނެ މީސް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ މަރުހޫމާގެ ޓެސްޓް ހެދުން ވަރަށް ބޮޑަށް ލަސްވެފައިވާކަންވެސް ވަނީ ބުނެފައެވެ.

މި މަރުހޫމާއަށް ވޮއިސްގެ ޓީމްގެ ފަރާތުން ތައުޒިޔާ ކިޔާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ