06 May 2020 | 16:25
ސަރުކާރުން އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލާ: ޕްރޮގްރެސިވް ކޯލިޝަން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުން އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންއިން ނެރުނު ބާނުގައި ވަނީ ރާއްޖޭގައި ކޯވިޑް 19 ފެތުރުރުން ހުއްޓުވުމާއި، ބަލި މީހުންނަށް ފަރުވާދިނުމުގައި އެޗްޕީއޭއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވާ އެ މުއައްސަސާއަށް މިނިވަންކަމާއެކު ޕްރޮފެޝަނަލް މިންގަނޑުގައި މަސައްކަތް ކުރުމަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި ބަލި މީހުންނަށް ދެވޭ ފަރުވާއާއި، އެމީހުންނަށް ދޭންޖެހޭ ސަމާލުކަމަށް ސަރުކާރުގެ ފަރާތުން ފަރުވާ ކުޑަކުރަމުން ގެންދާކަމީ އެކޯލިޝަން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބޭ މީހުންނަށް ދެންޖެހޭ ފަރުވާ ނުދެވޭކަމާށާ، ބޭނުންވާ ބޭހާއި ޢާލާތްތައް ހޯދުމުގައި ސަރުކާރު އިހުމާލުވަމުން ދާކަމަށެވެ. އަދި ސަރުކާރުން ޢަމަލު ކުރަމުން ދާ ގޮތުގެ ސަބަބުން ޤައުމުގައި ބިރުވެރިކަން އުފެދި ރައްޔިތުން ވަނީ ނުރައްކަލަށް ހުށަހެޅިފައިވާކަމަށެވެ.

އެ ކޯލިޝަންއިން ހާމަކުރި ގޮތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް ދެވޭ އިސްކަމަށް ވުރެ ބޮޑަށް ސަރުކާރުން ދަނީ ސިޔާސީ ފައިދާ ނަގަމުންކަމަށެވެ. އަދި މިހާލަތާއި ގުޅިގެން ސަރުކާރުން ރާއްޖެ ގެންނަން ޖެހޭ ވެންޓިލޭޓަރ ތައް ނުގެނެވުމާއި، ކޮރަޕްޝަން އިތުރުވުމާއި، ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަށް ވާނުވާ ނޭގުމާއި، ބޭންކު ތަކުން ނަގާ ލޯނު ތަކަށް، ޢަމަލު ކުރާނޭ ގޮތްތަކެއް ކަނޑައެޅިފައި ނެތުމާއި، ފައިސާ ޗާޕުކޮށް ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ ބިރުއޮތުމަކީ އެކޯލިޝަންއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ހަމައެއާއެކު އެ ކޯލިޝަންއިންވަނީ ކޮވިޑާއި ގުޅިގެން ދިމާވާކަންކަން ހަރުދަނާ އުސޫލަކުން މޮނިޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤައުމީ ދިފާޢީ ބާރުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްވެސް ނުރައްކާ ވާނެ ޙަލަތަކަށް ކަންކަން ގޮސްފައިވާ ކަމަށެވެ، އެގޮތުން ރޭ ފަތިހު ކޯވިޑް 19 ގައި ނިޔާވި ބަންގްލަދޭޝްގެ ރައްޔިތަކީވެސް ކަޅުތުއްކަލާ ކޮށީގެ ބަދިގޭގައި މަސައްކަތް ކުރާ މީހެއްކަމުގައި ވުމީ ޤައުމި ދިފާޢީ ބާރުގައި މަސައްކަތް ކުރާ މީހުންނަށް އޮތް ބިރުވެރި ކަމެއްކަމުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.