ރާއްޖޭގައި އުމުރުން ހަތްމަހުގެ ކުއްޖަކަށް ކޮވިޑް-19 ޖެހިއްޖެ

09 May 2020 | 15:24

ދިިވެހިރާއްޖޭގައި އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން އެންމެ ހަތްމަހުގެ ކުއްޖަކު ހިމެނިއްޖެއެވެ.

މިއީ މި ބައްޔަށް ދިވެހިރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި އެންމެ ހަގު ފަރާތެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ޑޭޝްބޯޑުން ހާމަވާ ގޮތުގައި އިއްޔެ ޕޮޒިޓިވްވި ކޭސް ނަންބަރު 774އަކީ އުމުރުން އެންމެ ހަތްމަހުގެ ފިރިހެން ކުއްޖެކެވެ. 

އިއްޔެ ވަނީ މި ކުއްޖާގެ އިތުރުންވެސް އިތުރު ދެ ކުޑަކުއްޖަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއީ އުމުރުން ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކާއި އަދި ހަތް އަހަރުގެ އަންހެން ކުއްޖެކެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 744 މީހުންނެވެ.

Advertisement

ކޮމެންޓް