ޒުވާން ވިޔަފާރިވެރިޔާ މަންޑޭ، ގިނަ އަދަދެއްގެ މާސްކާއި، ސެނެޓައިޒާ ހަދިޔާކޮށްފި!

10 May 2020 | 23:44

ހަމްބޯ މޯލްޑިވްސްގެ ވެރިޔާ އަދި ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގއ.އަތޮޅަށާއި، އައްޑޫ ސިޓީއަށް އަދި މާލޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އަށް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވައިފިއެވެ.

މަންޑޭ ގއ.އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ، އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ އަދި ނޭޝަނަލް އެމަޖެންސީ ސެންޓަރަށް 2000 މާސްކާއި 100 ފުޅި ސެނެޓަައިޒާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަންޑޭ ހަދިޔާ ކުރި މާސްކްގެ ޖުމްލަ އަދަދު 4000 އަށް އަރައެވެ. އަދި ސެނެޓައިޒާގެ އަދަދު 292 އަށް އަރައެވެ.

އެންއޯސީގެ އޮފިޝަލެއް މައުލޫމާތު ދެމުން ވިދާޅުވީ މަންޑޭ ހަދިޔާ ކުރެއްވި ތަކެތި ލިބިފައިވާ ކަމަށާއި، އެފަދަ ބޮޑު އެހީއެއް އޭނާ ވެދެއްވުމުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އަޅުގަނޑުމެން ޝުކުވެރިކަމާއި އެކު ފާހަގަ ކުރަން. މަންޑޭގެ ފަރާތުން ލިބުނު އެހީ އަކީ ވަރަށް މުހިއްމު އަދި ވަރަށް ބޭނުންތެރި އެހީއެއް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ގދ އަތޮޅަށް މަންޑޭގެ އެހީ ލިބިފައިވުމާއެކު، އެ އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް ފުއާދުގެ އެކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވެއެވެ.

"އަޅުގަނޑުމެންގެ އަތޮޅަށް އަދި ހަމައެކަނި ލިބުނީ މަންޑޭގެ ފަރާތުން ދެއްވި އެހީ. އަތޮޅު ކައުންސިލާއި، އަތޮޅުގެ ހުރިހާ ރައްޔިތުންގެ ނަމުގައި މަންޑޭ އަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަތޮޅަށް އަދިވެސް އިތުރު އެހީތައް ބޭނުންވޭ." ފުއާދު ވިދާޅުވިއެވެ.

މަންޑޭ ދެއްވި އެހީ އާއި ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަން ބޭނުންފުޅު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އަތޮޅުތެރެއަށް ސިއްހީ އާލާތްތައް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވަވާއިރު، އެހީ ވުމަށް ބައެއް ވިޔަފާރިވެރިން އަންނަނީ އިސްނަގަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް