ކޮވިޑް-19 އާއި ގުޅިގެން މާލެ އެރުމުގެ ހުއްދަނުލިބިގެން، މާބަނޑު އަންހެނެއްގެ ދަރިފުޅު ބަނޑަށް މަރުވެއްޖެ

15 May 2020 | 01:20

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް އޮތް ހުރަސްތަކާއި ގުޅިގެން އިތުރު ސިއްހީ ފަރުވާއަށް ދަތުރު ނުކުރެވި، މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ބަނޑަށް މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އއ.ތޮއްޑޫގައެވެ. އެގޮތުން ވިހަން އޮތް ތާރީޚުގެ ކުރިން ބަނޑުގައި ރިއްްސަން ފެށުމުން ތޮއްޑޫ ސިއްހީ މަރުކަޒުގައި އެ އަންހެންމީހާ އެނދުމަތި ކުރެވުނެވެ. ނަމަވެސް އެތަނުން ބޭނުންވާނެ ފަރުވާ ދެވެން ނެތުމުން، އެ އަތޮޅު ރަސްދޫގައި ހުންނަ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރެވުނެވެ.

ނަމަވެސް އެ ހޮސްޕިޓަލުގައި ނާސަރީގެ ޚިދުމަތް ނެތި، އެ އަންހެން މީހާއަކީ ހައި ރިސްކް ކޭހަކަށްވުމުން އެ އަންހެން މީހާއަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުން ދެކޮޅު ހެދިކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިއާއި އެކު އެ އަންހެންމީހާ މާލެ ގެންދިއުމަށްވެސް ތޮއްޑޫ ސިއްހީ މަރުކަޒުން މަސައްކަތް ކުރިއެވެ.

ނަމަވެސް އެކަންވެސް ވަނީ ވާގޮތް ނުވެ، އަންހެންމީހާގެ ބަނޑަށް އޭނާގެ ދަރިފުޅު މަރުވެފައެވެ.

Advertisement

ކޮމެންޓް