18 May 2020 | 19:31
"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ޕްލޭން އިފްތިތާހްކުރަނީ

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާބެހޭ ޕްލޭން “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން” ޖޫން 8 ވަނަ ދުވަހު ވާރޗުއަލްކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ.

“މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން”ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ބެހޭ ޕްލޭން އެކުލަވާލަމުންދަނީ ފަތުރުވެރިކަމާބެހޭ ދާއިރާގެ ކަމާބެހޭ ސްޓޭކް ހޯލްޑައުންނާއެކުކަމަށް އެމްއެމްޕީއާރސީއިން ހާމަކުރައްވައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމުގެ 5 ސިނާރިއޯއެއް ކަމާބެހޭ ފަރާތްތަކުން ދިރާސާ ކުރަމުންދާއިރު، މީގެތެރެއިން އެންމެ އެކަށީގެންވާ އަދި ވާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ އޮކްޓޫބަރުމަހު ފަތުރުވެރިކަން އަލުން ފެށުމެވެ.

އެހެންކަމުން މިޕްލޭންގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު ކަމާބެހޭ ފަރާތްތަކާއި، ހިދުމަތްދޭ ފަރަތްތަކުން ގެންނަން ޖެހޭ ބަދަލުތަކުގެ އުސޫލާއި، އެހެނިހެން ތަފްސީލްތައް ހިމެނޭނެކަމަށް އެމްއެމްޕީއާރސީން މައުލޫމާތު ދެއްވައެވެ.

ތިންގަޑިއިރަށް ދިގުދެމިގެންދާ މި ޕްލޭން ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވަނަދުވަހުގެރޭ 8 ގަހާއިރު ފޭސްބުކް މެދުވެރިކޮށެވެ.

މި ހަފްލާގައި ރާއްޖެއިން ބޭރުގެ ނުފޫޒެ ގަދަ ފަރާތްތަކާއި، މަޝްހޫރު ފަންނާނުންނާއި ތަރިންގެ އިތުރުން ވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން ނެރިފައިވާ ބަޔާނުގައިވާގޮތުން ރާއްޖެއިން ތައްޔާރުވަމުން މިދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އަލުން ފަތުރުވެރިންނަށް މަންޒިލް ހުޅުވާލުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.