ރިޔާޒް ކޯޓަށް ހާޒިރުކޮށްފި

24 Sep 2018 | 15:55

 ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަން ކުރުމާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ރިޔާޒް ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކޮށްފައިވާއިރު 4 މަހާއި 24 ދުވަހަށް އިއްވާފައިވާ ހުކުމް ވަނީ މިމަހުގެ 15 ވަނަދުވަހު ތަންފީޒުކޮށް ނިންމާފައެވެ.

ރިޔާޒްގެ ވަކީލުން ބަންދާބެހޭގޮތުން ނެރެފައިވާ ބުނެފައިވަނީ

"ޙުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެމީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާޠިލުވެގެންދާކަމީ އެޔާމެދު ދެބަސްނުވެވޭނޭ ކަނޑައެޅިގެން އެނގެން އޮތް ސާފު ޢަމަލީ އުޞޫލެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރަމުން ގޮސްފައިވާ ޤާނޫނީ ޢުރުފެކެވެ،" 

ރިޔާޒުގެ ގާނޫނީ ވަކީލުން ވަނީ ރިޔާޒު ކޯޓަށް ހާޒިރުކޮށްފައިވަނީ ހަވީރު 3:30 އަށެވެ. 

Advertisement

ކޮމެންޓް