މިރޭ ތައިލޭންޑުން 26 ދިވެހިން އަންނަނީ

25 May 2020 | 15:53

ކޮވިޑް-19 އާއި ގުޅިގެން ތައިލޭންޑްގައި ތާށިވެފައި ތިބި 26 ދިވެހިން މިރޭގެ ވަގުތެއްގައި ދިވެހިރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ މި ފަރާތްތައް މިރޭ އަންނާނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ކަމަށާއި، މި 26 މީހުންގެ ތެރޭގައި ގިނައީ ފަތުރުވެރިންގެ ގޮތުގައި އެގައުމަށް ދިޔަ މީހުން ކަމަށެވެ.

މި ފްލައިޓުން އަންނަ ހުރިހާ ފަރާތްތައްވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރާނެއެވެ.

ސަރުކާރުން ދަނީ ކަރަންޓީން ފެސިލިޓީތަކުގައި ޖާގަ އޮތް މިންވަރަކުން ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް