ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ދިވެހީންނަށް ކުރުނީސް ކުރަން: ޗައިނާ ސަފީރު

25 May 2020 | 21:35

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ދިވެހީނަށް ކުރުނީސް ކުރައްވަވާ ކަމަށް ޗައިނާގެ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ އިއްޔެ ކުރެއްވެވި ޓުވީޓެއްގައިއެވެ. އިއްޔެ ޗައިނާ އީސްޓަންގެ ދެ ފްލައިޓުން 274 ޗައިނާ ޗައިނާ މީހުންވަނީ ރާއްޖެއިން ފުރާފައިއެވެ. މިއީ ކޮވިޑް ލޮކްޑައުން އާއި ހެދި ރާއްޖޭގައި ބަންދުވެފައި ތިބި ޗައިނާ މީހުންނެވެ.

އެމީހުން ފުރުވުމުގެ ކަންތައްތައް އެމް.އޭ.ސީ.އެލް އިން ހަމަޖައްސަމުން ދިޔައިރު ސަފީރުވަނީ އެއާރޕޯޓަށް ޒިޔާރަތް ކުރައްވަވާފައިއެވެ. ސަފީރު ވިދާޅުވީ އެއާރޕޯޓުގައި ހޭދަ ކުރެއްވެވި ވަގުތުގައި މާސްކު އަޅައިގެން ހުންނަވަަން ޖެހިވަޑައިގަތް ކަމަށެވެ. އަދި އޭގެ ސަބަބުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން އެކުރާ ބުރަ މަސައްކަތް އިހްސާސްވެވަޑައިގަތް ކަމަށެވެ. އެކަމަށްޓަކައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރުދަންނަވަމުން ދަފީރު ވިދާޅުވީ އެ އެންމެންނަށް ކުރުނީސް ކުރައްވަވާ ކަމަށެވެ.

Advertisement

ކޮމެންޓް