28 May 2020 | 06:20
އުއިގަރ މުސްލިމުންނާއި ދެކޮޅަށް ޖަރީމާ ހިންގާކަމަށްބުނެ، އެމެރިކާއިން ޗައިނާގެ ކުންފުނިތަކެއް ބްލެކްލިސްޓްކޮށްފި

ޗައިނާގައި ޝިންޖިއާންގ އުއިގަރ އޮޓޮނޮމަސް ރީޖަންގައި އުޅެމުންދާ އުއިގަރ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ޗައިނާގެ ސަރުކާރުން ހިންގަމުންދާކަމަށް ބުނެވޭ ހަރަކާތްތަކަށް ވާގިވެރިވާކަމަށް ބުނެ ޗައިނާގެ ގިނަ އަދަދެއްގެ ކުންފުނިތަކެއްގެ އެމެރިކާގެ ފަރާތުން ބްލެކްލިސްޓްކޮށްފިއެވެ.

މިގޮތުން މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޗައިނާގެ ސަރުކާރަށް އުއިގަރ މުސްލިމުންގެ މައްޗަށް ޖާސޫސުކޮށްދޭން އެހީވުމާއި، ބޮޑެތި ގެއްލުންތައް ލިބިދޭފަދަ ހަތިޔާރު އުފެއްދުމާއި އަދި ޗައިނާގެ އަސްކަރިއްޔާއާއި ގުޅުން އޮންނަ ކަމަށްބުނެ ޗައިނާގެ 33 ކުންފުނި ބްލެކްލިސްޓްކުރުމަށް ނިންމާފައެވެ. މި ކުންފުނިތައް ބްލެކްލިސްޓްކޮށްފައިވަނީ އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓްގެ ފަރާތުންނެވެ.

އެގޮތުން ޗައިނާ ސަރުކާރުން އުއިގަރ މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި، ދެމުންދާ އަނިޔާތަކާއި، ގިނަބަޔަކު ބަންދުކުރުމާއި، ގަދަކަމުން މަސައްކަތް ކުރުވުމާއި އަދި ޓެކްނޮލޮޖިކަލް ސަވައިލެންސަށް ވާގިވެރިވާކަމަށްބުނެ ހަތް ކުންފުންޏެއް އެމެރިކާގެ ފަރާތުން ވަނީ ބްލެކްލިސްޓްކޮށްފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ ނެޓްޕޯސާ ކިޔާ ޗައިނާގެ އެންމެ މަޝްހޫރު އެއް އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެވެ.

ބްލެކްލިސްޓް ކުރެވުނު އިތުރު ކުންފުނިތަކުގައި އެެމެރިކާގެ ސީއައިއޭއިން ޗައިނާގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ކަންކަމަށް ފާރަލަމުންދާކަމަށް ދާދިފަހުން ބުނި ގިހޫ360 ނަމަކަށް ކިޔާ ސައިބަރ ސެކިއުރިޓީ ފާމްއެއްވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގެ މި ނިންމުންތަކާއި ދެކޮޅަށް ވަރުގަދަ ރައްދެއް ދީފައެވެ.

ޗައިނާއިން ބުނީ އެގައުމުން ޝިންޖިއާންގ ސަރަހައްދުގައި ހިންގަމުންދާ ހަރަކާތްތަކަކީ ހަރުކަށި ފިކުރުތަކަށް ނިސްބަތްވާ މީހުންނާއި ފިކުރުތައް ކުރިއެރުން ހުއްޓުވުމަށް ކުރިއަށްގެންދެވޭ ކަންތައްތަކެއް ކަމަށެވެ. އަދި އެމެރިކާގެ ނިންމުންތައް އަނބުރާ ގެންގޮސް، ޗައިނާގެ ދާޚިލީ ކަންތައްތަކާއި ބެހުން ހުއްޓާލުމަށް އެދޭކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. ޗައިނާއާއި އެމެރިކާއާއި ދެމެދު ދަނީ ވިޔަފާރިއާއި ގުޅިގެން ވަރުގަދަ ފިނި ހަނގުރާމައެއް ހިނގަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝިންޖިއާންގ ސަރަހައްދުގައި ޗައިނާއިން އުއިގަރ މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ސަވައިލެންސް ޕްރޮގްރާމްތައް ހިންގައި، އެ ނަސްލުގެ މީހުންނާއި ސަގާފަތް ނައްތާލުމަށް ގިނަ ކަންތައްތަކެއް ކުރާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޗައިނާއިން ވަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށް، ޝިންޖިއާންގގައި އެގައުމުން ކުރަމުންދާ ކަމަކީ ހަރުކަށި ފިކުރުގެ މީހުން ހުއްޓުވައި، ތައުލީމާއި ތަމްރީން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުންކަމަށް ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.